ފަރެސްމާތޮޑާ އެއާޕޯޓުގައި 20 މިލިއަން ޑޮލަރުގެ ސިޓީ ހޮޓަލެއް ހެދުމަށް ސޮއި ކޮށްފި

ފަރެސްމާތޮޑާ އެއާޕޯޓުގައި 20 މިލިއަން ޑޮލަރުގެ ސިޓީ ހޮޓަލެއް ހެދުމަށް ސޮއި ކޮށްފި

ފަރެސްމާތޮޑާ އެއާޕޯޓްގައި 20 މިލިއަން ޑޮލަރުގެ ޓޫރިސްޓު ހޮޓަލެއް ހެދުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ސިލްވާ ލޭންޑް ހޮޓެލްސްއާ ދެމެދު އިންވެސްޓްމަންޓް އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.

އާރްއޭސީއެލުން މިއަދު ބުނީ އެ ހޮޓަލް ހެދުމަށް 20 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަޑް ސިލްވާ ލޭންޑުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެއީ 100 ޓުއަރިސްޓުންގެ ކެޕޭސިޓީގެ ހޮޓަލެއް ކަމަށް އާރްއޭސީއެލުން ބުންޏެވެ. މި ސިޓީ ހޮޓަލުގެ ސަބަބުން 200 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް އާރްއޭސީއެލުން ބުންޏެވެ.

އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ އެމްއޯޔޫގައި ހުރި ކަންކަން ފުރިހަމަ ކުރުމަށް ސަރުކާރުގެ އެއްބާރުލުން ލިބިއްޖެނަމަ ސިޓީ ހޮޓަލުގެ މަސައްކަތް ތިން މަސް ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

އެއާޕޯރޓު ތަކުގައި ހުންނަ އެފަދަ ހުސް ބިން ތަކުގައި ސިޓީ ހޮޓާތައް ހަދައި، ރައްޔަތުންނަށް އިގްތިސާދީ އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ އާރްއޭސީއެލްގެ އަމާޒު ކަމަށް މުބީން ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *