ސްމޯލް އައިލެންޑްގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ސްމޯލް އައިލެންޑްގެ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ނުވަތަ ސިޑްސް މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އެ މަހާސިންތާއަށް ރައީސް މުއިއްޒު ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހާބާ ދެންނެވީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސް އާއި އެންޓިގުއާ އެންޑް ބާބުޑާގެ ބޮޑުވަޒީރު އެޗްއީ ގެސްޓޮން ބްރައުންއެވެ. މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ފަރާތުން އިއްވާ ހާއްސަ ގައުމީ ބަޔާން އިއްވަވައި ދެއްވާނީ ރައީސް މުއިއްޒެވެ.

ސިޑްސް މަހާސިންތާ އަކީ "ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" މި ޝިއާރުގެ ދަށުން ސިޑްސްގެ ގައުމުތަކުގެ ލީޑަރުންނާއި އެކި ދާއިރާތަކުން ގުޅުންހުރި ހުރިހާ ހިއްސާދާރުން އެއްތަނަކަށް އެއްވެ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދެމެހެއްޓެނިވި، ތަނަވަސް، އަދި ވިލުންތެރި މުސްތަގުބަލަކަށް މަސައްކަތް ކުރާ މަހާސިންތާއެކެވެ.

މިއީ ސިޑްސްގެ ހަތަރުވަނަ މަހާސިންތާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *