މަޖލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ސިޔާމް

މަޖލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިޚާބުކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ސިޔާމް

20 ވަނަރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ބަލަހައްޓަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ވިހިވަނަ މަޖިލީހަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރެއްވުން އޮންނާނީ އަންނަ އަންގާރަ ދުވަހު ހެނދުނު 9:00 ގަ އެވެ. ހަމަ އެ ދުވަހު މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރާނެއެވެ. އެއީ އެ ދުވަހު ހެނދުނު 10:15 ގައެވެ.

އެ ދުވަހުގެ ޖަލްސާގެ ރިޔާސަތު ސިޔާމް ބަލަހައްޓަވަނީ  އޭނާއަކީ މަޖިލިހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުންގެ ތެރެއިން އެންމެ ދުވަސްވީ މެންބަރު ކަމަށްވާތީއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވެން ދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބަވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެމްބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެއް ކަމަށެވެ.

ސިޔާމް މިހާތަނަށް އައިއިރު  ވަނީ ހަތަރު ދައުރު މަޖިލީހުގައި މަސައްކަތް ކުރައްވައިފައެވެ. އަދި ސިޔާމް ވަނީ 20 މަޖިލީހަށް ވެސް އިންތިހާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއީ ސިޔާމު މެންބަރުކަމުގައި ހުންނަވާ ފަސްވަނަ ދައުރެވެ.

20 ވަމަ މަޖިލީހުގައި ޕީއެންސީ ނިސްބަތްވާ 79 މެންބަރުން ތިއްބަވާނެއެވެ. ރައީސް ޑރ. މުހައަދު މުއިއްޒު ވަނީ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ނަން މަޖިލީހުގެ ރައީސް ކަމަށް އަދި މަޖިލިހުގެ ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ނަން ހުށަހަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *