ނޭޕާލް މީހާ ރަހީނުކުރި ތުހުމަތު އޮތް ބަންގުލަދޭޝްގެ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

ނޭޕާލް މީހާ ރަހީނުކުރި ތުހުމަތު އޮތް ބަންގުލަދޭޝްގެ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި

މާފަންނު ވީބީ މާޓް ގޯޅިތެރޭގައި ހުންނަ ސްކައިލޭންޑް ގެސްޓް ހައުސްގެ ތެރޭގައި ނޭޕާލް މީހަކު ރަހީނު ކޮށްގެން ގެންގުޅުނު މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި ބަންގްލަދޭޝް މީހާގެ ބަންދަށް ކުރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.

ފުލުހުން ރޭ ބުނެފައި ވަނީ ނޭޕާލް މީހާ ރަހީނު ކޮށްފައި ވަނީ ފައިސާގެ މައްސަލަ ތަކެއްގައި ކަމަށެވެ. ފުލުހުންގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި ނޭޕާލް މީހާ ސަލާމަތް ކުރީ ރަހީނު ކޮށްފައި ހުންނަތާ ހަތް ދުވަސް ފަހުން ކަމަށެވެ.

ނޭޕާލް މީހާގެ އެއްވެސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ރަހީނުކުރި މައްސަލައިގެ ތުހުމަތަށް ފުލުހުން ވަނީ ބަންގުލަދޭޝްގެ ދެ މީހަކު ހައްޔަރު ކޮށްފައެވެ. އޭގެތެރެއިން އެކަކު ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ދޫކޮށްލައިފައެވެ.

ދެވަނަ ބިދޭސީ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އެ ބިދޭސީ މީހާގެ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *