ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ދަނިކޮށް މިއަދު ނެގި މީހާއަކީ އަންހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.
އައިޖީއެމްއެޗުން ބުނީ އެ މީހާ އެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ދެނެނުގަނެވޭ ކަމަށް ބުންޏެވެ.
ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން މީހަކު އޮޔާދާ ކަމަށް މިއަދު 12:35 ހާއިރު ފުލުހަށް ރިޕޯޓު ކުރުމުން، އެމީހާ ނަގައިގެން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނީ އެ ސަރަހައްދުން ދުއްވާފައި ދިޔަ ލޯންޗަކަށެވެ.