ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު އައްޔަން ކޮށްފި

ޓެކްސް ކޮމިޝަނަރުގެ މަގާމަށް ޒަރީރު އައްޔަން ކޮށްފި

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްޒޭޝަން ހަސަން ޒަރީރު އައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އޭނާ އެމަގާމަށް އައްޔަން ކުރެއްވުމުގެ ލިއުން ހަވާލުކޮށްދެއްވީ ރައީސުކްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމާ ހަވާލު ވުމަށްޓަކައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑުގެ ޗެއާޕާސަން ކަމުގެ މަގާމުންވެސް އޭނާ ވަނީ އިސްތިއުފާ ދެއްވައިފައވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *