ތުރުކީ އެއާރލައިންގެ ފުރަތަމަ ކާގޯ ޝިޕްމަންޓް ކާމިޔާބު: އެމްޕީއެލް

ތުރުކީ އެއާރލައިންގެ ފުރަތަމަ ކާގޯ ޝިޕްމަންޓް ކާމިޔާބު: އެމްޕީއެލް

ތުރުކީވިލާތުގެ ގައުމީ އެއާލައިން ކަމަށްވާ ޓާރކިޝް އެއާރލައިންއާއި ގުޅިގެން ފުރަތަމަ ފަހަރަށް ގެނައި ކާގޯ ޝިޕްމަންޓް ކާމިޔާބު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެކަން ކާމިޔާބު ކަމާއެކު ކުރުމަށްޓަކައި، ކަމާއި ގުޅުން ހުރި ހުރިހާ އިދާރާ ތަކުން ވަނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް ދީފައެވެ. އެހެންކަމުން އެފަރާތް ތަކަށް އެމްޕީއެލް އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެމްޕީއެލް އަކީ ރާއްޖެއަށް މުދާ އެތެރެކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ޚާއްސަގޮތެއްގައި ކަނޑު މަގުން ރާއްޖެއަށް ވިޔަފާރި ތަކުން ގެންނަ މުދާ އެތެރެކުރުމުގައި އެމްޕީއެލްއަކީ ރާއްޖޭގެ ކަނޑުގެ ދޮރޯއްޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *