ކާރު ގަނެދޭނެ ކަމަށް ބުނެ ގިނަބަޔަކު އަތުން ފައިސާ އަތުލި ފުލުހެއްގެ މައްސަލަ ބަލަނީ

ކާރު ގަނެދޭނެ ކަމަށް ބުނެ ގިނަބަޔަކު އަތުން ފައިސާ އަތުލި ފުލުހެއްގެ މައްސަލަ ބަލަނީ

ކާރު ގަނެދޭނެ ކަމަށް ބުނެ އެތައް ބައެއް އަތުން ފައިސާ އަތުލި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

ފޭސްބުކުގައި މީހަކު ކުރި ޕޯސްޓެއްގައި ބުނީ އެ ފުލުސް މީހާގެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން ތަހުގީގު ކޮށްފައިނުވާ ކަމަށެވެ. އެ ފުލުސް މީހާއަކީ ތަހުގީގު މަރުހަލާއަށް ވުރެ މަތީ ހުރި މީހެއްތޯ އެ ފަރާތުން ވަނީ ސުވާލު ކޮށްފައެވެ.

އެކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ އެ ފުލުސް މީހާގެ މައްސަލަ ބަލަން ފަށައިފައިވާ ކަމަށެވެ. އެ ފުލުސް މީހާގެ މައްސަލަ ބަލަމުންދަނީ ފުލުހުންގެ ޕްރޮފެޝެނަލް ސްޓޭންޑާސް ކޮމާންޑުން ކަމަށެވެ.

އެ މައްސަލައާގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *