ނޯތު ހާބަރު ސަރަހައްދުގައި ބޯޓަކަށް އަރުވަން ގެންގޮސްފައި ހުރި މުދާތަކެއް

ބޯޓަކުން 10 ފުޅި ގޭސް ވަގަށް ނަގައިފި

ބޯޓަކުން 10 ފުޅި ގޭސް ވަގަށް ނަގައިފި

ނޯތު ހާބަރުގައި އޮތް ބޯޓަކުން 10 ގޭސްފުޅި ވަގަށް ނަގައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ވައްކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު 8:46 ހާއިރު ކަމަށެވެ. ބޯޓުން ވަގަށް ނަގައިފައި ވަނީ 10 ލުއި ގޭސްފުޅި ކަމަށެވެ. ގޭސް ފުޅިތައް ވަގަށް ނެގި މައްސަލައިގައި އަދި މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.

ނޯތު ހާބަރުގައި އޮތް ބޯޓަކުން 10 ފުޅި ގޭސް މިއަދު ނަގައިގެން އެ މައްސަލަ ބަލަމުންދާއިރު، ހަމަ މިއަދު މާލޭގައި އިތުރު ދެ ވައްކަމެއްގެ ރިޕޯޓުވެސް ފުލުހުންނަށް ލިބިފައިވެއެވެ.

އެއީ ފާމަސީ އަކުން ވައްކަން ކުރުމާއި ފިހާރައަކުން ވައްކަން ކުރުމުގެ ދެ މައްސަލައެވެ. މިއިން އެއްވެސް މައްސަލައެއްގައިވެސް ތުހުމަތަށް މީހަކު ހައްޔަރު ކޮށްފައި އަދި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *