ނަޝީދު، އަނދުން ޙުސައިނަށް ކުރި ތުހުމަތުގެ މައްސަލަ އަނބުރާ ގެންގޮސްފި

ނަޝީދު، އަނދުން ޙުސައިނަށް ކުރި ތުހުމަތުގެ މައްސަލަ އަނބުރާ ގެންގޮސްފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައިގެން 2021 ވަނަ އަހަރުގެ މެއި 6 ގައި ދިން ހަމަލާގެ ތަހުގީގަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުރަސް އެޅުއްވި ކަމަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ހުށަހެޅި މައްސަލަ ހުސެއިން އަނބުރާ ގެންގޮސްފިއެވެ.

އެ މައްސަލައާއި ބެހޭގޮތުން އިންތިޔާޒު ކޮމިޓީން އެންމެ ފަހުން، މިދިޔަ ފެބްރުއަރީ މަހުގެ 19 ގައި ބޭއްވި ޖަލްސާގައި ވަނީ އެ މައްސަަލަ ކުރިއަށް ގެންދަން ބޭނުންވޭތޯ، ބަލަން ނިންމައިފައެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުޤައްރިރު މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ، އެ މައްސަލައާއި ބެހޭގޮތުން ކޮމިޓީގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެެވެ. ނަމަވެސް އެ މައްސަލަ ހުށަހެޅުއްވި މެންބަރު ޝަހީމް ވަނީ އެ މައްސަލަ އަނބުރާ ގެންދިއުމަށް އެއްްބަސްވެ ވަޑައިގަންނަވާފައި ކަމަށާއި، އެ ކަމާބެހޭ ސިޓީ ސެކްރެޓޭރިއެޓަށް ލިބިފައިވާ ކަމަށްވެސް ރާއީ ވިދާޅުވިއެވެ. އެހެން ކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެނދަން ނިންމައި ފައިލް ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު، އަނދުން ހުސެއިނަށް ކުރެއްވި ތުހުމަތުތަކާ ގުޅިގެން ސަލާމަތީ ގޮތުން އޭނާއަށް ނުރައްކާވާނެތީ އާއި، އެ ތުހުމަތު ތަކުގެ ސަބަބުން އޭނާގެ ހައްގުތަކާއި އަބުރަށް އުނިކަން އަންނާތީ އެ މައްސަލަ ބަލައި ދިނުމަށް އެދި އަނދުން ހުސެއިންގެ ފަރާތުން ކޮމިޓީއަށް އެ މައްސަލަ ހުށަހެޅީ މެއި 17 2022 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *