ކަރަންޓް ބިލު ބޮޑުވެގެން މިއުޅެނީ ހަމައެކަނި ރާއްޖޭގައެއް ނޫން: އެމްޑީ

ކަރަންޓް ބިލު ބޮޑުވެގެން މިއުޅެނީ ހަމައެކަނި ރާއްޖޭގައެއް ނޫން: އެމްޑީ

ކަންޓް ބިލް ބޮޑުވެގެން މިއުޅެނީ ރާއްޖޭގައި އެކަނި ނޫން ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ރައީސޔުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ފަހަކަށް އައިސް ކަރަންޓް ބިލް ބޮޑުވާ މައްސަލައިގައި ރައްޔިތުން ނުރުހުން ފާޅު ކުރަމުން ދާތީ، ނޫސްވެރިން ކުރެއްވި ދުވާލަށް ޖަވާބު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވީ މޫސުމަށް މި އަންނަ ބަދަލާއި ގުޅިގެން ދުނިޔޭގެ އެހެން ތަންތަނުގައިވެސް ކަރަންޓާއި ގޭހުގެ ބިލަށް ބަދަލުތައް އައިސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ބަދަލުތައް އައި ނަމަވެސް މިދިޔަ ރޯދަ މަހު ކަރަންޓް ބިލަށް ލުއި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުން ޑިސްކައުންޓް ދީފައިވާ ކަމަށެވެ. އެގޮތުން ބިލް ތަކަށް 20 މިލިޔަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރޯދަ މަހު ޚަރަދު ބޮޑުވާތީ ރޯދަ މަހު ކުރާ ޚަރަދަށް ލުޔެއް ދިނުމުގެ ގޮތުން ރައީސް ނިންމަވާފައި އޮތީ ރޯދަ މަހުގެ ބިލަށް ޑިސްކައުންޓެއް ދޭގޮތަށް، އެ ޑިސްކައުންޓް ހުރީ ޑޮމެސްޓިކް ކޮންޒިއުމަރުންނަށް ދީފަ، އޭގެތެރޭގައި އެބަހިމެނޭ އަލަށް ކަރަންޓް ދިން ފަރާތްތައްވެސް މިސާލަކަށް ހުޅުމާލޭގައި އަލަށް ކަރަންޓްދިން ފަރާތްތައްވެސް، ހިސްޓްރީއެއް ނެތްނަމަވެސް އަޅުގަނޑުމެން ވާނީ ޑިސްކައުންޓްދީފަ،" ފަހުމީ ވިދާޅުވިއެވެ.

ނަމަވެސް ފަހުމީ ވިދާޅުވީ، ކަރަންޓް ބިލް ކުޑަ ކުރެވޭނީ ހޭލުންތެރިކަން އިތުރުކޮށް، ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކާއި އެހެންވެސް ކަމާއި ގުޅުންހުރި ކުންފުނިތައް ގުޅިގެން މަސައްކަތް ތަކެއް ކުރެވިގެން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *