ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލް

ރައީސް އޮފީހަށް ފޯނު ވެއްދޭނީ ރައީސް އޮފީސް މުވައްޒަފުންނާއި ވަޒީރުންނަށް އެކަނި

ރައީސް އޮފީހަށް ފޯނު ވެއްދޭނީ ރައީސް އޮފީސް މުވައްޒަފުންނާއި ވަޒީރުންނަށް އެކަނި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޯނު ވެއްދުމުގައި މީގެކުރިން އަމަލު ކުރަމުން އައި އުސޫލު ބަދަލުކޮށް، ރައީސް އޮފީހަށް މޯބައިލް ފޯނު ވެއްދޭނީ ހަމައެކަނި ރައީސް އޮފީހުގެ މުވައްޒަފުންނާއި، ކެބިނެޓު ވަޒީރުންނަށް އެކަނި ކަމުގައި ހަމަޖައްސާފައި އޮންނަތާ މިހާރު ދެ މަސް ދުވަސް ވެއްޖެ ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ އެކަން މީޑިޔާގެ ސަމާލު ކަމަށް ކުރިން އައިސްފައި ނެތީ އެކަން މީޑިޔާއަށް އަންގާފައި ނެތުމުން ކަމަށެވެ. މީޑިޔާގެ ސަމާލު ކަމަށް އެކަން އައީ މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ދިޔުމުން، ނޫސްވެރިންނަށްވެސް ފޯނު ނުވެއްދޭނެ ކަމަށް އެންގުމާއި ގުޅިގެން ކަމަށް ޚަލީލު ވިދާޅުވިއެވެ. ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅިގެން މިއަދު އޮތް ބައްދަލުވުމަށް ނޫސްވެރިންގެ ފޯނު ވެއްދުމުގެ ފުރުޞަތު ވަނީ ފަހުން ދީފައެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ނޫސްވެރިންނަށްވެސް ފޯނު ނުވެއްދޭނެއެވެ.

ޚަލީލު ވިދާޅުވީ މި ނިންމުމަކީ ނޫސްވެރިންގެ މައްޗަށް އޮތް ނިންމުމެއް ނޫން ކަމަށެވެ. ނޫސްވެރިންވެސް އޭގެތެރޭގައި ހިމެނެނީ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް އޮފީހުގެ ބައްދަލުވުން ތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން، ރައީސް އޮފީހުގެ މުވައްޒަފުން ފިޔަވައި، ވަޒީރުންނަށް ފޯނު ވެއްދުމުގެ ފުރުޞަތު އޮންނައިރު، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށްވެސް މިހާރު ފޯނު ނުވެއްދޭ ގޮތަށް އުސޫލު ވަނީ ބަދަލު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *