ވަޒީރުންނާ ސުވާލު ކުރެވޭ "އަހާ" ފޯރަމް ހޯމަ ދުވަހުގެ ރޭ

ވަޒީރުންނާ ސުވާލު ކުރެވޭ "އަހާ" ފޯރަމް ހޯމަ ދުވަހުގެ ރޭ

އާންމު ރައްޔިތުންނަށް، މިނިސްޓަރުންނާ ބޭނުން ސުވާލެއް ކުރެވޭ ގޮތަށް ކުރިއަށް ގެންދާ "އަހާ" ގެ ތިން ވަނަ ފޯރަމް ހޯމަ ދުވަހުގެ ރޭ ބާއްވަން ރައީސް އޮފީހުން ނިންމައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ހޯމަ ދުވަހު ބާއްވާ ފޯރަމުގައި ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އެ ފަސް މިނިސްޓަރުންނަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު، ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މިނިސްޓަރުންނާ ސުވާލު ކުރަން ބޭނުންވާ ފަރާތް ތަކުން އޭއެޗް ޖެހުމަށް ފަހު ހުސް ތަންކޮޅެއް ދިނުމަށް ފަހު ސުވާލު ލިޔެ 300 އަށް ސުވާލު ފޮނުވޭނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ "އަހާ" ފޯރަމްގެ ފުރަތަމަ ފޯރަމް ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ. އެ ފޯރަމުގައިވެސް ފަސް މިނިސްޓަރަކު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދެވަނަ ފޯރަމުގައި ބައިވެރިވެވަޑައިގެންނެވީ ރައީސް މުއިއްޒެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *