މިފްކޯ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި

މިފްކޯ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން ސުވާލައިފިއެވެ.

ޝަމާހު އާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނަންސް އާއި ގުޅުން ހުރި މައްސަލަ ތަކެއް ހުށަހަޅާފައިވާ ކަމަށްބުނެ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ޝަމާހު ސަސްޕެންޑް ކުރީ ހުސްވި މާރޗް މަހުގެ 18 ގައެވެ. އެއީ 14 ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ފަހުން 31 މާރޗްގައި ޕީސީބީން އޭނާގެ ސަސްޕެންޝަން އިތުރު ކުރިއެވެ. އެއީ  މިމަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ.

މިފްކޯއިން މިއަދު ބުނީ ސީއީއޯ ޝަމާހުގެ ސަސްޕެންޝަން އުވާލިކަން ޕީސީބީން އެންގުމާ އެކު ކުންފުނި ހިންގުމުގެ މަސައްކަތް ތަކަށް އޭނާ އޮފީހަށް ނުކުންނަވާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން އެ ކުންފުނީގެ ހިންގުމުގެ ކަންކަން ހަމަޖައްސަން އުފެއްދި އިންޓަރިމް ކޮމިޓީ އުވާލާފައިވާ ކަމަށްވެސް ބުނެފައިވެއވެެ.

އޭނާގެ ސަސްޕެންޝަން އުވާލާފައި މިވަނީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށްވެސް ހުށަހަޅާފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ޕީސީބީ އާއި ޝަމާހުވެސް ވަނީ ހާޒިރު ކޮށްފައެވެ. ނަމަވެސް އެ މައްސަލައިގައި ކޮމިޓީން އަދި ވަކި ގޮތެއް ނުނިންމައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *