ފެނަކައިގެ އާމްދަނީއަށް މަހަކު 130 މިލިޔަން ލިބޭ، އެކަމަކު ދަރަނި ދަނީ އިތުރު ވަމުން: މުއާޒް

ފެނަކައިގެ އާމްދަނީއަށް މަހަކު 130 މިލިޔަން ލިބޭ، އެކަމަކު ދަރަނި ދަނީ އިތުރު ވަމުން: މުއާޒް

ފެނަކައިގެ އާމްދަނީއަށް މަހަކު 130 މިލިޔަން ރުފިޔާ ލިބޭ ކަމަށާއި، ނަމަވެސް މިދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައިވެސް ކުންފުނީގެ ދަރަނި ދިޔައީ އިތުރު ވަމުން ކަމަށް މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގައި ކަރަންޓު ދިނުމަށް ދިމާވި މައްސަލަ އާއި، ފެނަކައިން އުސޫލުތަކާ ޚިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އާ މުވައްޒަފުން ނަގަމުންދާ މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީކޮމިޓީ) އަށް ފެނަކައިގެ އިސް ބޭފުޅުން ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މުއާޒް ވިދާޅުވީ، ކުންފުންޏަށް މިވަގުތު މަހަކު 130 މިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭ ކަމަށެވެ. ނަމަވެސް ޚަރަދު ކަނޑައަޅާފައި ކޮންމެ މަހަކުވެސް ބޮޑު އެއްޗެއް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭތީ އަދިވެސް ކުންފުނީގެ ދަރަނި އިތުރު ވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ފަހުން އިސްލާމިކް ބޭންކުން ނަގާފައިވާ 200 މިލިޔަން ރުފިޔާގެ ދެ ލޯނަށްވެސް ފައިސާ ދައްކަން ފަށާފައިވާ ކަމަށާއި މިދިޔަ ދެމަސް ދުވަހުގެ ތެރޭގައި އެއަށް ފައިސާ ދައްކަން ފަށާފައިވުމުން އެއީވެސް ދަރަނި އިތުރުވެގެންދާ ކަމަށެވެ. ނަމަވެސް ފެނަކައިގެ ދަރަނީގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *