ގާސިމާއި ސިޔާމް 5 ވަނަ ދައުރަކަށް މަޖިލީހަށް އިންތިޚާބު ވެވަޑައިގެންފި

ގާސިމާއި ސިޔާމް 5 ވަނަ ދައުރަކަށް މަޖިލީހަށް އިންތިޚާބު ވެވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް އާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަސް (އެމްޑީއޭ)ގެ ލީޑަރު، މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ފަސް ވަނަ ދައުރަކަށް މަޖިލިސްއަށް އިންތިހާބުވެވަޑައިގެންފިއެވެ.

މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާގައިވާ  ގޮތުން ސިޔާމް ވަނީ މީދޫ ދާއިރާގެ 69.23 ޕަސަންޓް ކާމިޔާބު ކުރައްވައިފައެވެ. އަދި ގާސިމް ވަނީ މާމިގިލީ ދާއިރާގެ 53.29 ޕަސެންޓު ކާމިޔާބު ކުރައްވައިފައެވެ.

ގާސިމް ފުރަތަމަ މަޖިލީހަށް އިންތިހާބުވެވަޑައިގަތީ 1990 ވަނަ އަހަރު އަރިއަތޮޅު މެންބަރެއްގެ ގޮތުގައެވެ. އެފަހުން 2009 ވަނަ އަހަރުގެ މަޖިލިސް 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބު ވެސް ކާމިޔާބުކޮށްފައެވެ.

މިއީ ސިޔާމް މަޖިލިސް އިންތިހާބުގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެއްވި ފަސްވަނަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *