ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފި

ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފި

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސްކޮޅު ދެއްކި މީހަކާއި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލަން މަސައްކަތް ކުރި މީހެއްގެ އިތުރުން ވޯޓުލުމަށް ހުރަސް އެޅި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

"އޮޕަރޭޝަން ބްލޫޓައިޑް"ގެ މައުލޫމާތު ހިއްސާކުރުމުން ފުލުހުން ބުނީ ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

"އެއީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާއި ގުޅިގެން މާލެއިން އެކަކު އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރިން ދެ މީހަކު" ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތްތެރި ވަމުންނެވެ. ވޯޓުލާ ސަރަހައްދު ތަކުގެ ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުންނެވެ.

"އޮޕަރޭޝަން ބްލޫޓައިޑް" ގައި ފުލުހުން ދަނީ މާލެ އާއި އާބާދީ ބޮޑެތި ސަރަޙައްދު ތަކުގައި ބޮޑީވޯން ކެމެރާ ބޭނުން ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *