މަޖިލިސް އިންތިޚާބުގެ ވޯޓުލުން ފަށައިފި

މަޖިލިސް އިންތިޚާބުގެ ވޯޓުލުން ފަށައިފި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ކަންކޮޅު ތަކުގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

ވޯޓުލާން ފެށީ މިއަދު ހެނދުނު 08:00 ގައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ހަވީރު 17:30 އަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ.

މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓްގެ އިތުރުން ޖަލުތަކާއި ސިނާއީ ރަށްތަށްއި ރާއްޖެއިން ބޭރުގެ 3 ގައުމެއްގައި ޖުމްލަ 602 ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ.

އެގޮތުން 181 ފޮށި، ވިލިމާލޭގައި 9 ފޮށި، ހުޅުމާލޭގައި 51 ފޮށި، އަތޮޅު ތަކުގައި 319 ފޮށި، ރިސޯޓު ތަކުގައި 34 ފޮށި، ޖަލުތަކުގައި 5 ފޮށި، ރާއްޖޭން ބޭރުގައި 3 ފޮށި، އެއީ އިންޑީޔާގެ ޓްރިވެންޑްރަމްއާއި، ސްރީލަންކާގެ ކޮލަމްބޯ އާއި މެލޭޝިޔާގެ ކުއާލަންޕޫރުގައި، ވަނީ ބަހައްޓައެވެ.

ކޮންމެ ވޯޓު ފޮށްޓަކަށް އެންމެ ގިނަވެގެން ވޯޓު ލާނީ 500 މީހުން ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މި އިންތިޚާބުގައި އެއްވެސް ސަބަބަކާއި ގުޅިގެން ވޯޓުލާނެ ވަގުތު އިތުރު ނުކުރައްވާނެ ކަމަށެވެ. އެހެން ކަމުން ވޯޓުލާ ގަޑިއަށް ވިހާވެސް ބޮޑަށް ސަމާލުކަން ދިއުމަށް އެކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.

މި އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ. މީގެތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެންމެ ގިނަ ދާއިރާ ކަނޑައަޅަފައިވާ ފަހަރެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ 87 ދާއިރާއެވެ. ނަމަވެސް މި އިންތިޚާބުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 92 ދާއިރާ ހިމެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *