އައްޑޫ ސިޓީގެ ހަންކެޑެ މަޝްރޫއުގެ ބިންގާ އަޅައިފި

އައްޑޫ ސިޓީގެ ހަންކެޑެ މަޝްރޫއުގެ ބިންގާ އަޅައިފި

އައްޑޫ ސިޓީގެ ހަންކެޑެ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.

އައްޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހަންކެޑެ މަޝްރޫއުގެ ބިންގާ އަޅުވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) ވައިސް ޕްރެސިޑެންޓް ޖިން ކިހޯއެވެ.

ހަންކެޑެ މަޝްރޫއު ސީއެންއީއީސީއާ ހަވާލުކޮށްފައި ވަނީ 2023 މާޗު 30 ވަނަ ދުވަހުގައެވެ. ހަންކެޑެ ތަރައްގީކުރަން ނިންމާފައި ވަނީ އެއްފަހަރާ އެއްފަހަރާ 25،000 ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ގޮތަށެވެ. އެތަނުގައި 1041 ކޮޓަރި ހެދުމަށް ނިންމާފައިވާއިރު އެއީ 2،082 ޓޫރިސްޓު އެނދެވެ. ކޮޓަރިތައް ހަދަނީ ތަފާތު އެކި ރޭންޖުތަކާއި ތަފާތު ޑިޒައިންތަކަށެވެ.އެއީ 175 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަންކެޑެ ސަރަހައްދު ރިއަލްއެސްޓޭޓް ޑިވަލޮޕްމަންޓް ޕްރޮޖެކްޓް ކަނޑައަޅުއްވާފައިވަނީ 2021 ޑިސެމްބަރު 2 ގައި ނެރުއްވި ގަރާރަކުންނެވެ.

ހަންކެޑެގައި ރިސޯޓެއް ތަރައްގީ ކުރަން ފަސް ފަހަރެއްގެ މަތީން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެ ފައިނުވެއެވެ.

ނަމަވެސް ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑު މެނޭޖުނަންޓް ކޯޕަރޭޝަނުން ވަނީ ހަންކެޑެ ތަރައްގީކުރުމަށް އިއުލާނުކޮށް ޑިޒައިންގެ ފޮޓޯތައް އާއްމު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *