ހޯރަ އިއްބެ ނިޔާވުމާއި ގުޅިގެން އެމްޑީޕީގެ އިސްބޭފުޅުންގެ ތައުޒިޔާ

ހޯރަ އިއްބެ ނިޔާވުމާއި ގުޅިގެން އެމްޑީޕީގެ އިސްބޭފުޅުންގެ ތައުޒިޔާ

އެމްޑީޕީގެ ހަރަކާތްތަކުގައި ކުރިން ވަރަށް އިސްކޮށް ހަރަކާތްތެރި ވެފައިވާ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިއަދު ނިޔާ ވެއްޖެއެވެ.

އެމްޑީީގެ ފުރަތަމަ ވެރިކަމުގައި ރައީސް އޮފީހުގެ އިސްމަގާމެއްވެސް ފުރުއްވާފައިވާ ހޯރަ އިއްބެ މިއަދު ނިޔާވީ ކުއްލި ގޮތަކަށް މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެންދިޔަ ތަނުންނެވެ.

ހޯރަ އިއްބެއަކީ މީގެކުރިން އެމްޑީޕީގެ ޖަލްސާތައް ހުށަހަޅައި ދީގެން އާންމުންގެ ސަމާލުކަން ހޯދާފައިވާ ފަރާތެކެވެ. އޭނާ ނިޔާވުމާއި ގުޅިގެން އެމްޑީޕީގެ އިސްވެރިން ކަމުގައި ކުރީގެ ރައީސް އަދި ޕާޓީގެ އެންމެ އިސް އެޑްވައިޒަރު އިބްރާހިމް މުޙަންމަދު ސޯލިހާއި، އެމްޑީީގެ ރައީސް އަބްދުﷲ ޝާހިދާއި، ޗެއާރާސަން ފައްޔާޒު އިސްމާއީލާއި އެނޫންވެސް އިސްބޭފުޅުން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އަދި އެމްޑީީގެ ކުރީގެ ރައީސް ނަޝީދުވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *