ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ދެ ނަމެއް ފޮނުވައިފި

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ދެ ނަމެއް ފޮނުވައިފި

ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައީސް މުއިއްްޒު އިސްކަން ދެއްވާ ތަރުތީބުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ދެ ބޭފުޅުންގެ ތެރެއިން ލިސްޓުގެ ކުރީގައި އޮތީ ގއ. ވިލިނގިލި/ ވައިޖެހޭގެ، ޔަޒީދު މުހައްމަދުގެ ނަމެވެ. ދެވަނަ ބޭފުޅަކަށް އޮތީ ހުޅުމާލެ ފްލެޓް/ ހަސަން ޒަރީރެވެ.

ޔަޒީދަކީ މީގެކުރިންވެސް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި ހަސަން ޒަރީރު ވަނީ އެ އިދާރާގެ ޑެޕިއުޓީގެ މަގާމު އަދާ ކުރައްވާފައެވެ.

މީގެތެރެއިން ބޭފުޅަކު ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިއްވެވުމުން އެ ދެ ބޭފުޅުންނާބެހޭގޮތުން ބަލަންޖެހޭ އިތުރު ކަންކަން ބަލައި ދިރާސާ ކުރުމަށްޓަކއި އެ މައްސަލަ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *