ޖެނީވާގެ މަންދޫބަކަށް ސަލްމާ، ސިންގަޕޫރު ސަފީރަކަށް ލުވެއިޒްގެ ނަން ފޮނުވައިފި

ޖެނީވާގެ މަންދޫބަކަށް ސަލްމާ، ސިންގަޕޫރު ސަފީރަކަށް ލުވެއިޒްގެ ނަން ފޮނުވައިފި

ޖެނީވާގައި ހުންނަ އދ.ގެ އޮފީސް ތަކަށް ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބުކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށާއި، ސިންގަޕޫރަށް ރައްޖެއިން ކަނޑައަޅާ ސަފީރުކަމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ޖެނީވާގައި ހުންނަވާ އދ. އޮފީސް ތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައި ވަނީ މ.ވިލާދޮށުގެ ޑރ. ސަލްމާ ރަޝީދުގެ ނަމެވެ. ސިންގަޕޫރަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރު ކަމަށް ރުހުން ހޯއްދެވުމަށް ފޮނުއްވާފައި ވަނީ މއ. ދިލާސާގެ މުހައްމަދު ލުވެއިޒްގެ ނަމެވެ.

މި ދެބެފުޅުނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާއްމު އިއްވުމުން، އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *