ދޮންބިލެތް ޝިޔާމްއަށް- މާޗު ފަހެއްގެ ކުރިން މަސްވެރިންނަށް ފައިސާ ނުދެވިއްޖެނަމަ އިސްތިއުފާ ދޭނަންތޯ؟

ދޮންބިލެތް ޝިޔާމްއަށް- މާޗު ފަހެއްގެ ކުރިން މަސްވެރިންނަށް ފައިސާ ނުދެވިއްޖެނަމަ އިސްތިއުފާ ދޭނަންތޯ؟

މިފްކޯއަށް މަސް ކިރުމުން މަސްވެރިންނަަށް ދޭންޖެހޭ ފައިސާދޭން ވައުދު ވެފައިވާ ތާރީޚު ކަމަަށްވާ މާޗު މަގުގެ ފަހެއްގެ ކުރިން ނުދެވިއްޖެނަމަ، ފިޝަރީޒް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާން ކެރިވަޑައިގަންނަވާނެތޯ، ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމް (ދޮންބިލެއް) ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމަށް ސުވާލު ކުރައްވައިފިއެވެ.

މިފްކޯއަށް ކިރި މަހަށް ފައިސާ ނުދޭތާ ގިނަ ދުވަސް ތަކެއް ވުމުން، މިފްކޯގެ ކޫއްޑޫ މަސް ފެކްޓްރީގައި މަސްވެރިން މުޒާހަރާ ފަށާފައިވާތާ ދުވަސް ތަކެއް ވަނީ ވެފައެވެ. އެކަމާއި ގުޅިގެން މިނިސްޓަރު ޝިޔާމް ވިދާޅުވެފައި ވަނީ، މިފްކޯއަށް ކިރި މަހަށް މަސްވެރިންނަށް 300 މިލިއަނެއްހާ ރުފިޔާ ދޭންޖެހޭ ކަމަށާއި އަންނަ މާޗު މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން އެ ފައިސާ ދޫކޮށް ނިންމާނެ ކަމަށެވެ.

ނަމަވެސް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެ ފައިސާ އެބަހުރިތޯ އާއި ފައިސާ ހޯދަނީ ކޮން ގޮތަކުންތޯ، އޮޅުން ފިލުވުމަށް މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމު ވިދާޅުވީ، އެ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެކަމާއި ގުޅިގެން، އޭޕްރީލް ފަހެއްގައި މަސްވެރިންނަށް އެ ފައިސާ ނުދެވިއްޖެނަމަ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާނަންތޯ، ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ޙަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްްވަމުން ޝިޔާމު ވިދާޅުވީ، ދެއްވަން އޮތް ޔަގީން ކަމަކީ މުޅި ވަގުތު ހޭދަކުރައް ވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރެއްވުމަށް ކަމަށާއި އެ ފައިސާ މަސްވެރިންނަށް ދެއްވާނެ ކަަމަށެވެ. ނަމަވެސް ފައިސާ ނުދެވިއްޖެ ނަމަ ވަޒީރު ކަމުން އިސްތިއުފާ ދެއްވާނެތޯ ދޮންބިލެތް ކުރެއްވި ސުވާލަށް ޝިޔާމް ވަކި އެއްޗެއް ވިދާޅެއް ނުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *