މަސް ގަންނަ އަގު ކުޑަކުރީ މަސްވެރިންނަށް ފައިސާ ދެވޭނެތީ: ޝިޔާމް

މަސް ގަންނަ އަގު ކުޑަކުރީ މަސްވެރިންނަށް ފައިސާ ދެވޭނެތީ: ޝިޔާމް

މަސްވެރިންގެ އަތުން މިފްކޯއަށް ސަތާރަ ރުފިޔާއަށް ކިލޯއެއް ގަންނަމުން އައި މަހުގެ އަގު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން 25 ރުފިޔާއަށް ވަނީ ބޮޑު ކޮށްފައެވެ. ނަމަވެސް 25 ރުފިޔާގެ އަގު ކުޑަކޮށް މި ސަރުކާރުން ވަނީ މިއަދުން ފެށިގެން މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ތިރިކޮށްފައެވެ.

އެ އަގަށް މަސްގަންނަ އަގު ބަދަލު ކުރުމާ ގުޅިގެން ވަޒީރުންގެ މަސައްކަތްތަކާ ބެހޭގޮތުން ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހާޒިރުކުރި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ކެބިނެޓް މިނިސްޓަރުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރު ކުރައްވައި ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޔައުޤޫބު ޢަބްދުﷲ ވަނީ މަހުގެ އަގަށް ބަދަލު ގެނައުމާ ބެހޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވައފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، 20 ރުފިޔާއަށް މަސް ގަންނަ އަގު ދަށް ކުރުމުން މަސްވެރިންނަށް ލިބޭނެ ފައިސާއަކީ ބަރާބަރަށް ފައިސާ ދިނުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން މަސް ކިލޯއެއް 25 ރުފިޔާގެ އަގަށް މަސްވެރިންގެ އަތުން މިފްކޯއަށް މަސް ގަންނަމުން ދާކަމަށް ވާނަަމަ، މި އަހަރުގެ ތެރޭގައި ސަރުކާރުން ސަބްސިޑީއަށް 1.1 ބިލިޔަން ރުފިޔާ ހޭދަކުރަން ޖެހޭނެ ކަމަށެވެ. އެވަރުގެ އަދަދެއް ސަބްސިޓީއަށް ދިނުމަކީ ސަރުކާރަށް ހުރި ބޮޑު ބުރައެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި އެ ސަރުކާރުން މަސް ގަންނަ އަގު 25 ރުފިޔާއަށް ހަދާފައި ވަނީ އެއްވެސް ދިރާސާއެއް ނެތި ސިޔާސީ ބޭނުމުގައި ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *