ބޭންކަށް އޮޅިގެން ވިޔަފާރިވެރިންގެ ޖަމްއިއްޔާއަށް ޖަމާކުރެވުނު އެއް މިލިޔަން ރުފިޔާ: އަނބުރައި ދެއްކުން ފަސްކުރަން ކޯޓު އަމުރެއް

ބޭންކަށް އޮޅިގެން ވިޔަފާރިވެރިންގެ ޖަމްއިއްޔާއަށް ޖަމާކުރެވުނު އެއް މިލިޔަން ރުފިޔާ: އަނބުރައި ދެއްކުން ފަސްކުރަން ކޯޓު އަމުރެއް

ބީއެމްއެލް އިން އޮޅިގެން އިިތުރަށް ޖަމާކުރެވުނު އެއްމިލިޔަން ރުފިޔާ އަނބުރައި ދައްކަން ދިވެހި ވިޔަފާރިންގެ ޖަމްއިއްޔާގެ މައްޗަށް ސިވިން ކޯޓުން ކުރި އަމުރު ތަންފީޒު ކުރުން މަޑުޖައްސައިލުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މި މައްސަލައަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާ ދެމެދު ސުނާމީ ލައިވްލިހުޑް ރީވައިޓަލައިޒޭޝަން ޕްރޮގްރާމްއާ ގުޅިގެން ސޮއި ކޮށްފައިވާ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފަދައިން ލޯނު އެކައުންޓް ބަންދުކޮށް ލޯނު އެކައުންޓްގެ ބާކީގައިވާ ފައިސާ ހިސާބު ކުރުމުގައިވާ ކުށެއްގެ ސަބަބުން މޯލްޑިވްސް ނޭޝަނަލް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (ދިވެހި ވިޔަފާރިވެރިންގެ ޖަމްއިއްޔާ) ގެ އެކައުންޓަށް އިތުރަށް ޖަމާކޮށްފައިވާ 915،891 ރުފިޔާ އާއި އެ އެއްބަސްވުމުގެ ދަށުން 2014 ވަނަ އަހަރުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ދައްކަންޖެހޭ 84،614 އާއި އެކު ޖުމްލަ އެއްމިލިޔަން ރުފިޔާ އަކީ ވިޔަފާރިވެރިންގެ ޖަލްއިއްޔާގެ ފަރާތުން ބީއެމްއެލްއަށް ދައްކަންޖެހޭ ފައިސާކަން ސާބިތުވާ ކަމަށް ކަނޑައަޅައި އެ ފައިސާ އެއް މަަސް ދުވަހުގެ ތެރޭގައި ބީއެމްއެލްއަށް ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމެކެވެ.

ވިޔަފާރި ވެރިންގެ ޖަމްއިއްޔާގެ ފަރާތުން މިހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ވިޔަފާރިވެރިންގެ ޖަމްއިއްޔާއިން ހައިކޯޓުގައި ބުނެފައި ވަނީ، އެ ޖަމްއިއްޔާއަކީ ވިޔަފާރި ވެރިންނާއި ވިޔަފާރިތަކުގެ މަސްލަހަތު ކުރިއަރުގައި އެދާއިރާ ހަރުދަނާ ކުރުމަށްޓަކައި ވިޔަފާރިވެރިންގެ މެދުގައި އެކުލަވާލާފައިވާ ޖަމްއިއްޔާއެއް ކަމުން އާއްމު އުސޫލުން އެއީ ވިޔަފާރިކޮށް ވިޔަފާރީގެ ފައިދާއެއް ހޯދާ ޖަމްއިއްޔާއެއްނޫން ކަމަށެވެ.

އެހެންކަމުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަައިގައި ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން މިހިނދުން އެ ފައިސާ ދައްކަން ޖެހުމަކީ އެ ޖަމްއިއްޔާ ވަރަށްބޮޑު މާލީ ބުރައެއް އުފުލަންޖެހޭ ކަމެއްކަމަށެވެ. އެހެންކަމުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދިނުމަށް އެ ޖަމްއިއްޔާއިން ވަނީ ހައިކޯޓުގައި އެދިފައެވެ.

އެ ކަމާގުޅިގެން ހައިކޯޓުން ނެރުނު އަމުރުގައި ވަނީ، އިސްތިއުނާފީ މައްސަލައިގައި އެ ކޯޓުން ގޮތެއް ކަނޑަ އަޅަންދެން ނުވަތަ އެ ކޯޓުން އެނޫން ގޮތެއް އަންގަންދެން އެ ފައިސާ ދެއްކުމަށް ކުރި ހުކުމް ތަންފީޒުކުރުން ފަސް ކުރުމަށް އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *