Free couple holding hand image, public domain CC0. More: View public domain image source here

ކައިވެންޏަށް ފަހު މިގޮތަށް ދިމާވާ މީހަކު އެބަހުރިތަ؟

ކައިވެންޏަށް ފަހު މިގޮތަށް ދިމާވާ މީހަކު އެބަހުރިތަ؟

ލިޔުނީ: ޝަރްފާ ވަހީދު

ރަނގަޅު މީހަކައި ދިމާވެގެން ކައިވެންޏެއް ކުރުމަކީ އޭގެ ޒާތުގަ ބިރުވެރިކަމެއް ނޫންދޯއެވެ. ނަމަވެސް، ބައެއް މީހުންނަށް އެއީ ހަގީގަތުގައިވެސް ބޮޑު ބިރަކަށްވެއެވެ. ލޯބި ނުވަނީކީނޫނެވެ. ހާސްވަނީއެވެ. ބޭނުންނުވަނީ ކީއެއްވެސް ނޫނެވެ. ޖެހިލުން ވަނީއެވެ. މިބުނަނީ “ފޯބިއާ” އެއްގެ ވާހަކައެކެވެ.

މިއީ ބައެއް މީހުންނަށް ނަފްސާނީ ގޮތުންޖެހޭ މައްސަލަ އެކެވެ.

ކައިވެންޏަށް ބިރުގަތުމުގެ ނަމުން  ނަންދެވިފައިވާ ”ގޭމޯފޯބިއާ” އަކީ މީހަކާ އިންނަން ނުވަތަ އެކަކަކާއެކީ ގިނަ ދުވަހު އުޅެންވީމާ އިހްސާސް ކުރެވޭ ވަރަށް ވަރުގަދަ އަދި ބުއްދިވެރި ނޫން ބިރުވެރިކަމެއް ސިފަވާ ވަކި ފޯބިއާއެކެވެ.

މި ބިރުވެރިކަން އެކި ގޮތްގޮތަށް ފެނިދާނެއެވެ. ސީރިއަސް ގުޅުންތަކުން ދުރުހެލި ވުމާއި، ކައިވެނީގެ ހަމައެކަނި ވިސްނުމުން ހާސްކަން ނުވަތަ ބިރުގަތުމާއި، ނުވަތަ މޭނު ބައިކުރުން ނުވަތަ ތުރުތުރު އެޅުން ފަދަ ޖިސްމާނީ އަލާމާތްތައްވެސް ކުރިމަތިވުމެވެ.

ގޭމޯފޯބިއާ ޖެހިފައިވާ މީހުން ގިނަ ފަހަރަށް ކައިވެންޏާ މެދު ފުން ހާސްކަމާއި ނޭދެވޭ ގަބޫލުކުރުންތައް ގެންގުޅެނީ، އެއީ އެމީހުންގެ އަމިއްލަ މިނިވަން ކަމަށް، ކޮމިޓްމަންޓަށް ނުވަތަ މާލީ ހަމަޖެހުމަށް ކުރިމަތިވެދާނެ ނުރައްކަލެއްގެ ގޮތުގައެވެ. މި ބިރުވެރިކަން އުފެދިފައި  ވަނީ މާޒީގެ ނޭދެވޭ ތަޖުރިބާތަކާއި، ސަގާފީ ނުވަތަ ދީނީ ޢަޤީދާ ތަކުން ނުވަތަ މުޖުތަމަޢުގެ ޕްރެޝަރުގެ ސަބަބުން ކަމަށް ވެދާނެއެވެ.

ނަތީޖާއެއްގެ ގޮތުން ގޭމޯފޯބިއާގެ ސަބަބުން ފަރުދެއްގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކޮށް، ގުޅުންތަކާއި ތަޖުރިބާތައް ފުރިހަމަ ކުރުމުގެ ފުރުސަތު ގެއްލިދާނެއެވެ. އަދި އެކަނިވެރިކަމާއި އެކަހެރި ކަމާއި އަމިއްލަ ނަފްސަށް އިޙްތިރާމް ދަށްވުމުގެ އިޙްސާސްތައް ވެސް މެދުވެރިވެދާނެއެވެ. ލޯބިވާ މީހުންގެ ފަރާތުންނާއި ޕްރޮފެޝަނަލް ތެރަޕސްޓެއް ކައިރިން ތެރަޕީ އާއި ސަޕޯޓް ހޯދުމަކީ ފަރުދުންގެ ގޭމޯފޯބިއާ އިން އަރައިގަނެ ފުރިހަމަ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *