މި ކޮފީ ބޯން ކެރޭނެތަ؟

މި ކޮފީ ބޯން ކެރޭނެތަ؟

ލިޔުނީ: ޝަރްފާ ވަހީދު

ދިވެހި ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލު އެއް ކަމަކީ، މަގުމަތިން ދިމާވުމުންވެސް “އޭ ކޮފީއެއް ނެތްތަ؟” ނުުވަތަ “ބުރޯ ކޮފީއަކަށް އަރަމާ؟”، މިހެން ކިޔާ ގޮވާލުމެވެ.

ކޮފީއަކީ އޭގެ ޒާތުގައިވެސް ވަރަށް ދެވި ހިފާ އެއްޗެކެވެ. އެކި ކަހަލަ ކޮފީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދައެވެ.  އެއްމެ މީރު އަދި މުޅި ދުނިޔޭންވެސް އެންމެ އަގުބޮޑު ކޮފީ ތައްޔާރު ކުރަނީ ކިހިނެއްކަން އެނގުނިއްޔާ ބޯން ކެރޭނެބާ؟

ދުނިޔޭގެ އެންމެ އަގުބޮޑު ކޮފީއަކީ ސިވެޓް ކޮފީގެ ނަމުން މަޝްހޫރު ކޮޕީ ލުވާކް އެވެ. މިއީ ކޮފީ ޗެރީ ކައިގެން އޭގެ ފަހުން ހަޖަމު ނުކުރެވޭ ބިސް ބޭރުކުރާ ކުޑަ މެމަލްއެއް ކަމަށްވާ އޭޝިއަން ޕާމް ސިވެޓް އިން އުފައްދާ އެއްޗެކެވެ. މި ބިސް އެއްކޮށް، ރަނގަޅަށް ސާފުކޮށް، ރޯސްޓްކޮށް، ތަފާތު އަދި ވަރަށް ގިނަ ބަޔަކު ބޭނުންވާ ކޮފީއެއް އުފައްދައެވެ.

ލޭބަރ އިންޓެންސިވް ޕްރޮސެސް އާއި ލިމިޓެޑް ޕްރޮޑަކްޝަންގެ ސަބަބުން ކޮޕީ ލުވާކް ޕައުންޑަކަށް 100 ޑޮލަރާއި 600 ޑޮލަރާއި ދެމެދުގެ އަގެއްގައި ވިއްކާލެވޭއިރު، މިއީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ކޮފީއެވެ.

ސަގާފީ ކޮފީއަށް ވުރެ އޮމާން، ބިމުގެ ރަހަ، އަދި ހިތިކަން ކުޑަ ކަމަށް ސިފަކޮށްފައިވާ އޭގެ ތަފާތު ރަހައަށް ކޮފީ ދަންނަ މީހުންގެ މެދުގައި ވަނީ ކަލްޓް ފޮލޯވަރުންތަކެއް ހޯދާފައެވެ. އަގު ބޮޑު ނަމަވެސް ކޮޕީ ލުވާކް އަށް ޑިމާންޑް ބޮޑުވެފައިވާއިރު، ބައެއް މީހުން ދެކެނީ އެއީ ލަގްޒަރީ އަދި ސްޓޭޓަސް ސިމްބަލްއެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *