އަނެއްކާވެސް ނުރައްކަލުގެ ރަނގަބީލެއް- ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ

އަނެއްކާވެސް ނުރައްކަލުގެ ރަނގަބީލެއް- ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ

ރާއްޖޭގައި މީގެކުރިން މުޅިން ކޮންޓްރޯލް ކޮށްފައިވާ ޕަޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ އެ ތިން ކުދިން ޕޮޒިޓިވް ވުމުން ކޮންޓެކްޓް ޓްރޭސިން ހަދާފައިވާ ކަމަށެވެ. މި ބައްޔަށް ޕޮޒިޓިވްވި ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ 1 އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް 6 މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ހޯއްގޮވާ ކެއްސުން ޖެހުމުން ނުރައްކާ ބޮޑީ ތުއްތު ކުދިންނަށް ކަމަށްވެއެވެ. އެހެންކަމުން ޚާއްސަ ގޮތެއްގައި ހަތް އަހަރުން ދަށުގެ ކުދިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ހުރި ނަމަ، ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *