16 އަހަރަށްފަހު ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފި

16 އަހަރަށްފަހު ފައިސަލް ޖޭޕީން ވަކިވެވަޑައިގެންފި

16 އަހަރަށް ފަހު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިންފިއެވެ.

ޖޭޕީން ވަކިވެވަޑައިގަތުމަށް ފަހު މީޑިޔާގައި ފައިސަލް ވިދާޅުވެފައި ވަނީ އޭނާ އެ ޕާޓީން ވަކިވެވަޑައިގަތީ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމްއާވެސް ވާހަކަ ދެއްކެވުމަށްފަހު ކަމަށެވެ. ނަމަވެސް ވަކިވެވަޑައިގެންނެވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ފައިސަލް ވިދާޅުވީ ޖޭޕީން ވަކިވެވަޑައިގެންނެވި ނަމަވެސް އެހެން ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ވިސްނުންފުޅެއް އަދި ނެތެވެ. ވިދާޅުވީ އޭނާ ދެންވެސް ހުންނަވާނީ ގައުމީ ޚިދުމަތުގައި ކަމަށެވެ. ޕާޓީން ވަކިވެވަޑައިގަތުމުގެ ކުރިން ފައިސަލް ވަނީ ގާސިމާ ބައްދަލު ކުރައްވައި އޭނާއަށް އެ ޕާޓީން ދެއްވި ފުރުޞަތު ތަކަށްޓަކައި ޝުކުރު އަދާ ކުރައްވާފައެވެ.

ފައިސަލްއަކީ އާ ގާނޫނު އަސާސީގެ ދަށުން އިންތިޚާބުވި ނައިބު ރައީސުންގެ ތެރެއިން 5 އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ހަމައެކަނި ނައިބު ރައީސެވެ. ރައީސް ސޯލިހުގެ ނައިބު ރައީސް ކަމުގައި ފަސް އަހަރު ފުރިހަމަ ކުރެއްވި ނަމަވެސް، ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވަކި ހިސާބަކުން ފައިސަލް ހުންނެވީ އެއްވެސް ކޮޅަކަށް ނާރުއްވައި ހަނެވެ.

ނަމަވެސް ރިޔާސީ އިންތިޚާބުގެ ފަހުން ބޭއްވި އެންމެ ބޮޑު އިންތިޚާބު ކަމަށްވާ މާލޭގެ މޭޔަރުގެ އިންތިޚާބުގައި ފައިސަލް ވަނީ އެމްޑީޕޕީގެ ކެންޑިޑޭޓް އާދަމް އާޒިމްގެ ކެމްޕޭނުގައި އުޅުއްވާފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *