މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް 2028 ވަނަ އަހަރު ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް މޭޔަރު އާދަމް އާޒިމް ދޮގު ކުރައްވައިފިއެވެ.
ރާއްޖޭގެ މީޑިޔާއަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، އަމާޒު ހުރީ މާލޭގެ މޭޔަރުގެ ޙައިސިއްޔަތުން އަދާކުރައްވަން ޖެހޭ ޒިންމާތައް އަދާ ކުރެއްވުމަށް ކަމަށެވެ. އާޒިމް ވިދާޅުވީ މާލޭގެ ވަރަށް ބޮޑު އަޣްލަބިއްޔަތުން މޭޔަރު ކަމަށް ހޮވައި ދިނުމުން އެކަމުގެ ޒިންމާތައް ނޫން އެހެން ކަމަކާ ވިސްނައިގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އާޒިމް ވިދާޅުވީ ވެރިކަމަށް އައުމުގެ ވިސްނުން ނެތް ނަމަވެސް މޭޔަރު ކަމުގައި ހުންނަވައިގެން އެމްޑީީޕީ އިތުރަށް ވަރުގަދަ ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީީއަކީ "ގައުމީ ތަރިކައެއް" ކަމަށެވެ. އަދި އެއީ އެކަތިގަނޑެއްގެ ގޮތުގައި މިހާތަނަށް އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީ ވަރުގަދަ ކުރަން މަސައްކަތް ކުރިނަމަވެސް، މޭޔަރު ކަމުގައި ކުރައްވާ ކަންކަމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރައްވައި ކަންކަން ކުރައްވާނެ ކަމަށެވެ.