ޔާމީންގެ ނުރުހުން ސަރުކާރަށް: ސަރުކާރުން ހާމަކުރި ވާހަކަތައް އިންޑިޔާގެ ނޫސްތަކުގައި ނެތް

ޔާމީންގެ ނުރުހުން ސަރުކާރަށް: ސަރުކާރުން ހާމަކުރި ވާހަކަތައް އިންޑިޔާގެ ނޫސްތަކުގައި ނެތް

އަންނަ މާރޗް މަހުގެ ފަނަރައިގެ ނިޔަލަށް އިންޑިޔާ ސިފައިން ބާލަން ރާއްޖެއިން ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް، އެ ވާހަކަ އިންޑިޔާގެ ނޫސްތަކުގައި ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގަތްޔޫމް ސަރުކާރާމެދު ނުރުހުން ފާޅު ކުރައްވައިފިއެވެ.

ޖަލު ހުކުގައި ހުންނަވައިގެންވެސް ޕީއެންއެފް އިން ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ އިންޑިޔާ ސިފައިން ބޭލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް މި ސަރުކާރުގެ މިނިސްޓަރަކު ވިދާޅުވުމުންވެސް މާޔޫސްކަން ލިބިވަޑައިގެންފި ކަމަށެވެ. އިންޑިޔާ ސިފައިން ބޭލުމުގެ ކަންކަން ހިނގަމުން އަންނަ ގޮތް މިހާރު ސާފުނުވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުން އިންޑިޔާ ސިފައިން ބޭލުމަށް އިންޑިޔާއަށް ނޯޓިސް ދީފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނިނަމަވެސް، އިންޑިޔާގެ އެއްވެސް ނޫހެއްގައިވެސް އެކަހަލަ ވާހަކައެއް ނެތްކަން ފާހަގަ ކުރެއްވިއެވެ.

"އެ ބައްދަލުކުރުމުގައި އެއްގޮތަކަށްވެސް އިންޑިޔާ ސިފައިން ފައިންވީ ދުވަހުގެ ވާހަކައެއް ނެތޭ" ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ދެގައުމުގެ އިސްބޭފުޅުން ދާދިފަހުން ބޭއްވި ބައްދަލުވުމަކަށް ފަހު، ދިވެހި ސަރުކާރުން ބުނެފައި ވަނީ ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން މާރޗް 15 އަށް ބާލަން ނޯޓިސް ދީފައިވާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *