ދަރިންގެ ދިރިއުޅުމުގައި މައިންބަފައިންގެ ދައުރު

ދަރިންގެ ދިރިއުޅުމުގައި މައިންބަފައިންގެ ދައުރު

ލިޔުނީ: ޝިފްނާ ވަހީދު

ދަރިންގެ ދިރިއުޅުން ބައްޓަންކުރުމުގައި މައިންބަފައިންގެ ދައުރު ވަރަށް ބޮޑެވެ. އެމީހުންނަކީ، ކުޑަކުއްޖެއްގެ ހަޔާތުގައި ފުރަތަމަ ނަމޫނާ ދައްކާ، އަދި އެކުދިންގެ މައްޗަށް ނުފޫޒު ފޯރުވާ މީހުންނެވެ. އަޅުގަނޑުމެންގެ ސަގާފަތާއި އިސްލާމީއުނގަންނައިދިނުންތަކުގައި ކުރީއްސުރެވެސް ދިވެހީންނަކީ ނަމޫނާ ބައެއްކަން ކަށަވަރެވެ.

ކުއްޖާގެ ޖަޒުބާތީ، އިޖުތިމާޢީ، ޖިސްމާނީ، އަދި ފިކުރީ ތަރައްޤީގެ ބިންގަލަކީ މައިންބަފައިންނެވެ. އެމީހުންގެ ދަރިންގެ ކިބައިގައި ރީތި އަޚްލާޤުތައް އަށަގަންނުވާ، ރަނގަޅަށް ތަރުބިއްޔަތުކޮށް، އިޙްތިރާމާއެކު ޒިންމާދާރު، އޯގާތެރި ފަރުދުންނަށް ވުމަށް މަގުދައްކައިދެއެވެ.

އަދި ކުދިން ބޮޑުވެ އުނގެނުމަށް ރައްކާތެރި މާހައުލެއްވެސް ބެލެނިވެރިން ފަހިކޮށްދެއެވެ. މައިންބަފައިން ދަރިންނަށް ލޯތްބާއި އެއްބާރުލުމާއި ހިތްވަރު ދިނުމަކީ ކުއްޖާގެ އަމިއްލަ ނަފްސުގެ އިހުތިރާމާއި އިތުބާރަށް ވަރަށް މުހިންމު ކަމެކެވެ. އެއީ ދިރިއުޅުމުގެ ގޮންޖެހުން ތަކުގެ ތެރެއިން ކުދިންނަށް ދަތުރު ކުރަމުންދާއިރު އެހީތެރިވެދީ، ކެތްތެރިކަމާއި މައްސަލަ ހައްލުކުރުމުގެ ހުނަރު ދަސްކޮށްދޭނެ ކަމެކެވެ.

މީގެއިތުރުން ކުއްޖާގެ ރޫޙާނީ ތަރައްޤީ ބައްޓަން ކުރުމުގައި މައިންބަފައިންގެ ދައުރު ވަރަށް މުހިންމެވެ. އިސްލާމްދީނުގެ އުނގަންނައިދިނުންތައް ކުދިންނަށް ތަޢާރަފްކޮށްދީ، ޞާލިޙުކަމާއި އީމާންތެރިކަމުގެ މަގުދައްކައިދިނުން ހިމެނެއެވެ.

މައިންބަފައިންނަކީ ކުއްޖާގެ ތަރައްޤީގެ ބިންގަލެވެ. އެމީހުންގެ ލޯތްބާއި އިރުޝާދާއި އެއްބާރުލުމަކީ އެމީހުންގެ ދަރިންގެ މުސްތަގުބަލު ބައްޓަންކުރުމުގައި އަދި، ޤައުމީ ނަޒަރަކުން ބުނާނަމަ، ދިވެހިރާއްޖޭގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެންމެ މުހިއްމު ކަންތައްތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *