ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސް ކޮށްފިއެވެ.

ސްޓެލްކޯއިން މިހެން އިލްތިމާސް ކުރީ މިދުވަސްވަރަކީ ރާއްޖެއަށް އާދަޔާއި ޚިލާފަށް ހޫނުގަދަ ދުވަސް ވަރަކަށް ވުމުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ، ކަރަންޓް ލޯޑް ބޮޑުވެދާނެތީ ދުރާލައި ސަމާލުވުމަށް ކުރެއްވި އިލްތިމާސެކެވެ. މާލެ ސަރަހައްދުގެ ކަރަންޓުގެ ކަންކަން ބަލަހައްޓާސް ސްޓެލްކޯއިން ބުނީ މިދުވަސްވަރަކީ ހޫނު ގަދަ ދުވަސް ވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއްކަމަށެވެ.

ކަސްޓަމަރުންގެ ސަމާލުކަމަށް: މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރަން.

– ސްޓެލްކޯއިނން ބުނެފައިވެއެވެ.

މެޓް އޮފީހުން ކުރި ޓްވީޓެއްގައި ވަނީ މިއަދު ހެނދުނު 11:00 ޖެހިއިރު ރާއްޖޭގެ ފަސް ސަރަހައްދަކަށް ފީލްސް ލައިކް ޓެމްޕަރޭޗާ ނުވަތަ އިހްސާސް ކުރެވޭ ހޫނުމިން ހުރި ގޮތް އަންގައިދޭ ތަފްސީލްތަކެއް ހާމަކޮށްފައެވެ. އެކަމަކު މެޓް އޮފީހުގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާންމު ފިނިހޫނުމިން އެވްރެޖު ގޮތެއްގައި ހުރީ 31.6 ޑިގްރީ ސެލްސިއަސް އާއި 32 ޑިގްރީ ސެލްސިއަސްއާ ދެމެދުގައެވެ.

މެޓް އޮފީހުގެ އިންފޯގްރެފިކްސްއަށް ބަލާއިރު މިއަދު ހެނދުނު 11:00 ޖެހިއިރު އިހްސާސް ކުރެވޭ ފިނިހޫނުމިން ހުރީ ހދ. ހަނިމާދޫގައި 40.4 ޑިގްރީ ސެލްސިއަސް، ކ. ހުޅުލެ – 39.3 ޑިގްރީ ސެލްސިއަސް، ލ. ކައްދޫ – 40.4 ޑިގްރީ ސެލްސިއަސް، ގދ. ކާޑެއްދޫ – 39.6 ޑިގްރީ ސެލްސިއަސް އަދި ސ. ގަން – 39.8 ޑިގްރީ ސެލްސިއަސްއެވެ.

މެޓް އޮފީހުން ބުނީ މިއީ އެންމެ ހޫނުގަދަ ދުވަސްވަރަށް ވާތީވެ ހަނިމާދޫ، ހުޅުލެ، ކައްދޫ، ކާޑެއްދޫ އަދި ގަމުން ލިބޭ ފިނިހޫނުމިނުގެ މައުލޫމާތު ކޮންމެ ދުވަހަކު ހެނދުނު 11:00 ޖަހާއިރު، މެންދުރުފަހު 2:00 ޖަހާއިރު އަދި ހަވީރު 5:00 ޖަހާއިރު އެ އޮފީހުގެ ވައިބާ ގްރޫޕުގައި ހިއްސާކުރާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *