އަހަރުގެ ފުރަތަމަ 4 މަސްތެރޭ 6 ލައްކަ ފަތުރުވެރިން!

އަހަރުގެ ފުރަތަމަ 4 މަސްތެރޭ 6 ލައްކަ ފަތުރުވެރިން!

މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެތެރޭ ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެފައިވަގޮތުގައި ރާއްޖެއަށް މިހާރު މަހެއްގެ މައްޗަށް އެވްރެޖުކޮށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިމަހުގެ 19ވަނަ ދުވަހުގެ 626،392 ފަތުރުވެރިން ވަނީ އައިސްފައެވެ. .

މިއައަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރްތްކުރީ ރަޝިޔާއިންނެވެ. އެޤައުމުން 75،594 ފަތުރުވެރިން އައެވެ. ދެވަނާގައި އޮތް އިންޑިއާއިން އައީ 66،630 ފަތުރުވެރިންނެވެ. އަދި ތިންވަނާގައި އޮތް އިނގިރޭސިވިލާތުން 61،464 ފަތުރުވެރިންއެވެ. 52،564 ފަތުރުވެރިންނާއެކު އިޓަލީވިލާތްއޮތީ 4ވަނާގައެވެ. 5ވަނާގައި ޖަރުމަނުވިލާތް އޮތީ 47،520 ފަތުރުވެރިން ރާއްޖެއަށް އައިސްގެންނެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ޚާއްސަކޮށްފައިވާ ތަންތަނުގެ ތެރެއިން އަދިވެސް އެންމެ ގިނައީ ރިސޯޓުތަކެވެ. އެގޮތުން އެނދުގެ އަދަދުން ބަލާނަމަ، ފަތުރުވެރިކަމުގެ %68 ޙިއްޞާކުރަނީ ރިސޯޓްތަކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *