"ރައީސަށް އަވަގުރާނަ ގޮވާ އޯޑިއޯ" އަކީ އަސްލެއް ނޫން: ޖާބިރު

"ރައީސަށް އަވަގުރާނަ ގޮވާ އޯޑިއޯ" އަކީ އަސްލެއް ނޫން: ޖާބިރު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް، ހުތުރުބަހުން ވާހަކަދައްކަވާފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބަޔަކު އާއްމުކުރި އޯޑިއޯ އަކީ އަސްލެއް ނޫން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެއެވެ.

ޖާބިރު އެގޮތަށް ވިދާޅުވީ ރިސޯޓު މެނޭޖަރުކަމާއި އެޗްއާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަގާމުތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމުތަކެއް ކަމަށް ކަނޑައެޅުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަރާރު ހުށަހެޅުއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ދެއްކެވި ވާހަކައިގައި ރައީސަށް ތައުރީފުކުރައްވަން ފެށްޓެވުމުން، ޖާބިރުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯގެ ވާހަކަ އެހެން މެމްބަރަކު ވިދާޅުވާ އަޑު އިވެ އެވެ. އެއާ އެކު އޭނާ އެ މެމްބަރަކަށް ރައްދު ދެއްވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ އޯޑިއޯއަކުން ދައްކާނެ ވާހަކައެއް ނޯންނާނެ. އޯޑިއޯ ހަދައިގެން މީހުން ޖަހަމުން ދަނީ މަދަކުން ނޫން. އެއީ ރާއްޖޭގައި ވަރަށް ޒަމާނުއްސުރެ ކުރަމުން އަންނަ ކަންކަން.

– ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކި މީހުންގެ ނަމުގައި އޯޑިއޯ އާއި ފޮޓޯ ހަދައިގެން ވާހަކަތައް ދެއްކުމަކީ އާކަމެއް ނޫން ކަމަށެވެ. މީގެ ކުރިން ރައީސް ސޯލިހުގެ ސަރުކާރަށް ފާޑު ވިދާޅުވެ ބައެއް ފަހަރު ވާހަކަ ދެއްކެވި ނަމަވެސް މިހާރު ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައެވެ

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *