ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންއިން ކުރާ ދަތުރުތަކުގެ ޓިކެޓުން ބޮޑު ޑިސްކައުންޓެއް

ކޮޗިންއާއި ޓްރިވެންޑްރަމަށް މޯލްޑިވިއަންއިން ކުރާ ދަތުރުތަކުގެ ޓިކެޓުން ބޮޑު ޑިސްކައުންޓެއް

މޯލްޑިވިއަންއިން އިންޑިއާގެ ކޮޗިންއަށާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުން ބޮޑު ޑިއުސްކައުންޓެއް ލިބޭ ޚާއްސަ ފެއަރއެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފާއިތުވި ހަފްތާގެ ބުރާސްފަތިދުވަހުން ފެށިގެން މިމަހުގެ ނިޔަލަށެވެ. އެހެންނަމަވެސް މި ޕްރޮމޯޝަންގައި ނަގާ ޓިކެޓުތަކުން އަންނަ މަހުގެ 17 ވަނަ ދުވަގު ނިޔަލަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މި ޕްރޮމޯޝަންގައި ޓިކެޓް ގަނެގެން ކޮޗިންއަށް ކުރާ ދެކޮޅު ދަތުރުގެ ޓިކެޓެއްގެ އަގަކީ 216 ޑޮލަރު (3،330 ރުފިޔާ)އެވެ. މީގެ ކުރިން މި ސެކްޓަރގެ ދެކޮޅު ދަތުރަކަށް ވިއްކާފައި ޓިކެޓްގެ އަގަކީ 400 ޑޮލަރު (6،168 ރުފިޔާ) އެވެ. އޭގެ އިތުރުން ޕްރޮމޯޝަންގައި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ވަނީ 232 ޑޮލަރު (3,577 ރުފިޔާ) އަށް ތިރި ކޮށްފައެވެ. ޕްރޮމޯޝަންގެ ކުރިން މި ސެކްޓާރގެ ދެކޮޅު ދަތުރުގެ ޓިކެޓުގެ އަގަކީ 500 ޑޮލަރު (7،710 ރުފިޔާ) އެވެ.

އިންޑިއާގެ ޓްރިވެންޑްރަމްއާއި ކޮޗިންގެ އިތުރުން އެހެން ސިޓީތަކަށްވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަންއިން ދަނީ މަސައްކަތް ކުރަމުންނެވެ. މި ސިޓީގެ އިތުރުރުން މޯލްޑިވިއަންއިން ދެން ދަތުރު ކުރަމުންދަނީ ބަންގލަދޭޝްގެ ޑާކާއަށެވެ.

މި ސިޓީތަކުގެ އިތުރުންވެސް ދުނިޔޭގެ އެހެން މަންޒިލްތަކަށް ދަތުރުތައް ފެށުމަށްޓަކާ އެ އެއަރލައިންއިން ދަނީ އިތުރު އެއަރބަސް ބޯޓެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *