ބޭންކް އޮފް މޯލްޑިވްސް އިން 1444 ވަނަ އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އެ ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތައް ހާމަކޮށްފިއެވެ.
ބޭންކުން ހާމަކޮށްފައިވާ ގޮތުގައި ބޭންކުގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރތައް ހުޅުވާފައި ރޯދަމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ހުޅުވިފައި ހުންނާނީ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:00 އަށެވެ.
އެހެންނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.
މީގެ އޮތުރުން، މި ރޯދަމަހުވެސް މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ކަސްޓަމަރުންނަށް ލިބެމުންދާކަންވެސް ބޭންކުން ހާމަ ކޮށްފައި ވެއެވެ. އަދި ރޯދަމަހުވެސް، ބޭންކުގެ ކޮންޓެކްޓް ސެންޓަރ މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ހިދުމަތް ދެމުންދާނެކަމަށް ބުނެގައި ވެއެވެ.
މި މުއްދަތުގައި ބޭންކުގެ ހިދުމަތް ލިބެން ހުންނާނެ ވަގުތުތައް ތިރީގައި މިވަނީއެވެ.
ހިދުމަތް | ތަފުސީލު | |
ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން (ޓީޓީ) ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން ޕޭ ރޯލް (މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުން) ލޯކަލް ޓްރާންސްފަރ އެންޑް ޕޭމަންޓްސް |
ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. | |
އެހެން ބޭންކުތަކުގެ ޗެކު ޕްރޮސެސްކުރުން | ހެނދުނު 9:00 ގެ ކުރިން އޭޓީއެމްއަށް ޖަމާކުރާ ޗެކްތައް އެދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. |
ބިއެމްއިން ބުނެފައިވަނީ މަތީގައިވާ ވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައެވެ.
ބޭންކުން ކަސްޓަމަރުންނަށް އިލްތިމާސް ކޮށްފައިވަނީ، ބީއެމްއެލް އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ބޭންކިންގ ހިދުމަތްތައް ހޯދުމަށް އިސްކަން ދިނުމަށެވެ.