އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން އުޅެނީ ޤައުމު ބަނގުރޫޓުކޮށްލަންކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ނުރުހުން ފާޅޫކުރައްވައިފިއެވެ.
އަބަދުވެސް ނަޝީދުގެ ފެކްޝަނާއި ނަޝީދަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން އަންނަ މަވޯޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޒިންމާދާރުކަމާއެކު މަސައްކަތްކުރާ އިދިކޮޅު ބަޔަކުވެސް ގައުމު ބަނގުރޫޓުކޮށްލުމަށް މަސައްކަތްނުކުރާނެކަމަށެވެ. ޝަރީފް މިމޭރުމުން ޓްވިތުކުރެއްވީ މި އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަނީގެ އަދަދުތައް 113 ބިލިޔަނަށް އަރާނެކަމަށް ބުނެ ދައުލަތުގެ ދަރަނި ރީސްޓްރަކްޗާކުރަން އެދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު މަޖިލީހަށް ހުށަހެޅުއްވި ޤަރާރަށް އިޝާރާތްކުރައްވައެވެ. ނަޝިދު ފެކްޝަނުގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީންވެސް އަންނަނީ ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވަމުންދާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރަމުނެނެވެ.
Sarukaarah jessun kuran beynun viyas gaumu bangroot kollan masakkaiy kurumakee zimmaa dhaaru idhikolhu bayaku kuraane kameh noon. Hithaamyaa eku dhannavan jeheynee idhikolhu meehun sarukaarah jessun kurumuga vaki hudhoodheh neikan
— Ibrahim Shareef (@AdduShareef) February 22, 2023
ސަރުކާރާ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ޖެއްސުން ކުރުމުގައި އެއްވެސް ޙުދޫދެއް ނެތްކަމަށް މަވޯޓާ ވިދާޅުވެފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުންގެ އިތުރުން ނަޝިދު ފެކްޝަނުގެ މެމްބަރުންވަނީ ވަރަށްބޮޑަށް ސަރުކާރަށް ފާޑުކިޔާފައެވެ.