ބީއެމްއެލް ކިޔަވާ ލޯނުގެ އިންޓެރެސްޓް ކުޑަކޮށްފި

ބީއެމްއެލް ކިޔަވާ ލޯނުގެ އިންޓެރެސްޓް ކުޑަކޮށްފި

ބޭންކު އޮފް މޯލްޑިވްސްއިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓް ދަށްކުރުމަށް ބޭންކުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް %5 އަށް ދަށްކޮށްފައިވާކަން ބޭންކުން ހާމަ ކޮށްފިއެވެ.

މިގޮތުން ބޭންކުން ބުނެފައިވަނީ މިހާރު ނަގާފައިވާ އެޑިއުކޭޝަން ފައިނޭންސިންގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށްވެސް މި ރޭޓް ކަނޑައެޅިފައިވާކަމުގައެވެ.

ބޭންކު އޮފް މޯލްޑިވްސްއިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓް ދަށްކުރުމަށް ހަމަޖެހިފައިވާކަން ހާމަ ކޮށްފައިވަނީ ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުނު ހަފްލާގައި ވާހަކަ ދައްކަވަމުން ބޭންކު އޮފް މޯލްޑިވްސްގެ ޗެއަރޕާސަން ޔޫޝަޢު ސަޢީދުއެވެ.

ބީއެމްއެލް ކިޔަވާ ލޯނަކީ ދަރިވަރުންނަށް މަތީ ތަޢުލީމު ހޯދުމަށް ލިބިގެންދާ ފަހި ފުރުސަތެއް. 1 ފެބްރުވަރީ އިން ފެށިގެން ކިޔަވާ ލޯނުގެ އިންޓަރެސްޓް 9 އިންސައްތައިން 5 އިންސައްތައަށް ދަށްކުރެވިގެންދާނެކަން އުފަލާއެކު ފާހަގަކޮށްލަން. މި ބަދަލާއެކު، ކުރިން ނަގާފައިވާ، ބީއެމްއެލް ކިޔަވާ ލޯނުތަކުގެ ރޭޓްވެސް، 5 އިންސައްތައް އަށް ބަދަލުވެގެންދާނެ.

ރައީސް ސާލިހުވެސް ބައިވެރިވެ ވަޑައިގެންނެވި އެޖަލްސާގައި ވާހަކަ ދައްކަވަމުން ޗެއަރޕާސަން ޔޫޝަޢު ސަޢީދު ވިދާޅުވެފައި ވެއެވެ.

ދިގު މުއްދަތަކަށް ބަހާލައިގެން ނުވަތަ ކިޔަވާ ނިމިގެން އަނބުރާ ފައިސާ ދެއްކޭގޮތަށް ބީއެމްއެލްއިން ދޫކުރާ ކިޔަވާ ލޯން 2021 ވަނަ އަހަރު ވެސް ކުޑަކޮށްފައިވެއެވެ. އެފަހަރު ކުޑަކޮށްފައި ވަނީ 9 އިންސައްތައަށެވެ.

ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ އިންސައްތަ އާ ހަމައަށް ފައިނޭންސް ލިބޭނެއެވެ. މި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރު ގެ މުއްދަތެއް ލިބޭނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު، ބޭންކު އޮފް މޯލްޑިވްސްއިން ދަނީ 20 އަތޮޅުގައި 35 ބްރާންޗުގެ ޚިދުމަތާއި، 82 ސެލްފްސަރވިސް ބޭންކިންގ ސެންޓަރުގެ ޚިދުމަތާއި، 140 އޭޓީއެމްގެ ޚިދުމަތާއި، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ފޯރު ކޮށްދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *