ރަސްމާލެ ޕްރޮޖެކްޓްގެ ރަސްމީ އެގްރީމެއްޓެއް އަދި ނެތް: ފަލާހު

ރަސްމާލެ ޕްރޮޖެކްޓްގެ ރަސްމީ އެގްރީމެއްޓެއް އަދި ނެތް: ފަލާހު

ޔޫއޭއީގެ އަބޫދާބީއަށް ނިސްބަތްވާ ބައިނަލްއަގުވާމީ ޑިވެލޮޕަރު، އީގަލް ހިލްސް އާ ހަވާލުކޮށްގެން ރަސްމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ 20 ބިލިޔަން ޑޮލަރިގެ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރުއަކީ އަދި ރަސްމީ އެގްރީމެއްޓެއް އޮތް މަޝްރޫއެއް ނޫން ކަމަށް ވެރިކަން ކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ،  ރަސްމާލެ މަޝްރުއާ ގުޅޭގޮތުން ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ އެންމެހާ ތަފްސީލްތައް ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.

މި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެ މަޝްރޫއާބެހޭ އެއްބަސްވުމާ ގުޅުވައި، އެމްޑީޕީ މެންބަރުން ދައްކަވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.

"އީގަލް ހިލްސްގެ މި ޕްރޮޖެކްޓް އަދި މިއޮތީ ކޮމާޝަލް ޓާމް އެގްރިމެންޓެއް، ރަސްމީ އެގްރީމެއްޓެއް އޮތް އެއްޗެއްނޫން، ރައްޔިތުންނަށް އޮޅުވާލައި އެގްރީމެންޓެއް ހަދައިގެން 99 އަހަަރަށް ދެނީއޭކިޔައިގެން ވާހަކަ މިދައްކަނީ،"

ފަލާހު ވިދާޅުވީ، "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރުއަކީ 20 ބިލިޔަން ޑޮލަރުގެ މަޝްރޫއެއް ކަމަށެވެ.

ސްރީލަންކާފަދަ އަވައްޓެރި ގައުމުތަކުން ތިބެނީ، އެފަދަ މަޝްރޫއުތަކަށް ބޭނުންވެފައި ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *