ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު އަލީއަށް އިންޒާރުދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ޢަލީގެ ޢާއިލާއަށް އަނިޔާކޮށް ގެއްލުންދޭނެކަމުގެ އިންޒާރު އެކިގޮތްގޮތުން ލިބެމުންއަންނަކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝިމާޒަށް އިންޒާރުދިން މައްސަލަ ހުށަހަޅާފައި ނުވިޔަސް އެ އިދާރާގެ ސަމާލުކަމަށް އެކަން އައިސްފައިވާ ކަމަށެވެ. އެހެންވެ، އެކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިމާޒުވަނީ އޭނާ ވަކި ކުރުމަށް ރައީސް އޮފީހަށް މިނިސްޓަރ މިނިސްޓަރ ނަހުލާ ސިޓީ ފޮނުވާފައި ވަނިކޮށް އޭނާގެ ސައިލުގައި ކަޓަރު އަޅައިފައިވާ ފޮޓޯތަކާއި، އިންޒާރު ދީފައިވާ މެސެޖްތައްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
Dhogu thuhumath alhuvaafa, Cycle halaak kohffa inzaaru ge msg kohffa e varun nuvegen mihaaru aailaa ah gulhaafa inzaaru dheyn feshee kon kameh nuvegen baa? @PoliceMv pic.twitter.com/evbmflngqx
— Shimaaz Ali (@shimatey) November 11, 2022
މަޤާމުން ވަކުކުރުމަށްޓަކައި ޝިމާޒުގެ މައްޗަށް ކުރަ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވެއެވެ. އަދި މިތުހުމަތާއެކު އެކިގޮތްގޮތުން އޭނާއަށް އިންޒާރު ލިބެމުންދާކަމަށާ، އޭނާގެ ސައިކަލައި ކަޓަރުއަޅައި ހަންފަޅާލުންފަދަ ގެއްލުންތައް ބަޔަކު ދީފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝިމާޒަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި އައްޔަންކޮށްފައިވާ ބޭފުޅެކެވެ. މީގެކުރިންވެސް ޝިމާޒާ ގުޅުންހުރި މައްސަލަތަކެއް ފެންމަތިވިއެވެ. އެހެންނަމަވެސް އޭރު މިނިސްޓަރ ނަހުލާ ނުކުންނެވީ ޝިމާޒުގެ ދިފާޢުގައެވެ. އޭގެ ދުވަސްތަކެއްފަހުން އަމަ އެތުހުމަތުތަކުގައި މިނިސްޓަރ ޝިމާޒާ ދެކޮޅުވީ ކީއްވެގެންކަމެއް ނޭނގެއެވެ. މިމައްސަލާގައި ސަރުކާރުން މިހާތަނަށް ޝިމާޒާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފެއެއް ނުވެއެވެ. ޝިމާޒް ނިސްބަތްވާ އެމްއާރުއެމްއިން ވިދާޅުވެފައިވަނީ ޝިމާޒުގެމައްޗަށް ކުރެވޭ ތުހުމަތުތަކުގައި އެއްވެސް ފިޔަވަޅެއް އަޅުއްވުމުގެކުރިން އެކަން ރަނގަޅަށް ބަލައި ތަހްޤީޤުކޮށް ހަޤީޤަތް ބަލަންޖެހޭނެކަމަށެވެ.






