ޝިމާޒުގެ ޢާއިލާއަށް އަނިޔާކުރާނެކަމުގެ އިންޒާރު!

ޝިމާޒުގެ ޢާއިލާއަށް އަނިޔާކުރާނެކަމުގެ އިންޒާރު!

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް ޢަލީގެ ޢާއިލާއަށް އަނިޔާކޮށް ގެއްލުންދޭނެކަމުގެ އިންޒާރު އެކިގޮތްގޮތުން ލިބެމުންއަންނަކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އޭނާ ޓްރާންސްޕޯޓު މިނިސްޓްރީގައި ހުރި މަޤާމުން ވަކިކޮށްދެއްވުމަށް މިނިސްޓަރ ޢާއިޝަތު ނަހުލާ އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުއްވާފައިވެއެވެ. މިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ޔަޤީންކޮށްދެއްވާފައެވެ. މަޤާމުން ވަކުކުރުމަށްޓަކައި ޝިމާޒުގެ މައްޗަށް ކުރަ ތުހުަމތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވެއެވެ. އަދި މިތުހުމަތާއެކު އެކިގޮތްގޮތުން އޭނާއަށް އިންޒާރު ލިބެމުންދާކަމަށާ، އޭނާގެ ސައިކަލައި ކަޓަރުއަޅައި ހަންފަޅާލުންފަދަ ގެއްލުންތައް ބަޔަކު ދީފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޝިމާޒަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި އައްޔަންކޮށްފައިވާ ބޭފުޅެކެވެ. މީގެކުރިންވެސް ޝިމާޒާ ގުޅުންހުރި މައްސަލަތަކެއް ފެންމަތިވިއެވެ. އެހެންނަމަވެސް އޭރު މިނިސްޓަރ ނަހުލާ ނުކުންނެވީ ޝިމާޒުގެ ދިފާޢުގައެވެ. އޭގެ ދުވަސްތަކެއްފަހުން އަމަ އެތުހުމަތުތަކުގައި މިނިސްޓަރ ޝިމާޒާ ދެކޮޅުވީ ކީއްވެގެންކަމެއް ނޭނގެއެވެ. މިމައްސަލާގައި ސަރުކާރުން މިހާތަނަށް ޝިމާޒާމެދު އެއްވެސް ފިޔަވަޅެއް އަޅުއްވާފެއެއް ނުވެއެވެ. ޝިމާޒް ނިސްބަތްވާ އެމްއާރުއެމްއިން ވިދާޅުވެފައިވަނީ ޝިމާޒުގެމައްޗަށް ކުރެވޭ ތުހުމަތުތަކުގައި އެއްވެސް ފިޔަވަޅެއް އަޅުއްވުމުގެކުރިން އެކަން ރަނގަޅަށް ބަލައި ތަހްޤީޤުކޮށް ހަޤީޤަތް ބަލަންޖެހޭނެކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *