ޓެކްސް ނުދައްކައިގެން 396 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި

ޓެކްސް ނުދައްކައިގެން 396 ފަރާތެއްގެ ނަން މީރާއިން ޢާންމުކޮށްފި

ޓެކްސް ބަޔާން ހުށަހަޅާފައި ނުވާ ފަރާތްތަކާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން ޢާންމުކޮށްފިއެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 31 ޑިސެމްބަރު 2021 ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި ވިތުހޯލްޑިންގ ޓެކްސް ބަޔާން ހުށަހަޅާފައިނުވާ ފަރާތްތަކާއި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް އާންމުކޮށްފައިވާކަމަށް މީރާއިން ޢާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ. މިރާއިން އާންމުކޮށްފައިވާ ލިސްޓުގައި 396 ފަރާތެއްގެ ނަން ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ރާއްޖޭގައި ވިޔަފާރީގެ ގޮތުން ފާހަގަކޮށްލެވޭ ބައެއް ބޮޑެތި ކުންފުނިތައްވެސް ހިމެނެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާކަމަށް މީރާއިން ނެރެފައިވާ ބަޔާނުގައިވެއެވެ.

އަދި މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އެފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *