އަޔުޝްމާންގެ ފީ ކުޑަކޮށްފި

އަޔުޝްމާންގެ ފީ ކުޑަކޮށްފި

ފުލުފުުލުގައި ދެ ފިލްމު ފްލޮޕްވުމާއެކު ބޮލިވުޑަގެ ކުޅަނާނަ އެކްޓަރު އަޔުޝްމާން ކުރާނާ ފިލްމުކުޅޭ އަގު ކުޑަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކޯވިޑްގެ ކުރިން އަޔުޝްމާން އައީ އޭނާ ކުޅޭ ކޮންމެ ފިލްމަކަށް 25 ކްރޯޑް ރުޕީސްގެ ފީއެއް (47 މިލިއަން ދިވެހި ރުފިޔާ) ނަގަމުންނެވެ. ނަމަވެސް  އެ އަދަދު 15 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 28 މިލިއަން ދިވެހި ރުފިޔާ) އަށް މިހާރު ބަދަލުވެފައި ވަނީ އޭނާގެ އެންމެ ފަހުގެ ދެ ފިލްމު ކަމުގައިވާ "އަނޭކް" އާއި "ޗަންދީގަރް ކަރޭ އާޝިގީ" އަށް ތަރުހީބު ކުޑަވުމުންނެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

ކޯވިޑަށް ފަހު، ބޮލީވުޑްގެ ފިލްމު ތަކަށް ލިބޭ ތަރުހީބް ވަނީ ކުޑަވެފައެވެ. އެއާއި އެކުގައި މި އަހަރު ރިލީޒް ކުރި ގިނަ ފިލްމް ތަކުގައި ވަނީ ފްލޮޕް ބޯޑު އަޅުވާފައެވެ. އަދި އޭ ލިސްޓްގެ ތަރިންގެ ފިލްްމު ތައްވެސް ބަލާނެ މީހަކު ނުވިއެވެ.

އަޔުޝްމާންގެ އިތުރުން އެހެން ގިނަ ތަރިންތައް ވެސް ފިލްމުކުޅޭ އަގު ކުޑަކުރުމަށް ޕްރޮޑިއުސަރުން އަންނަނީ ޑިމާންޑް ކުރަމުންނެވެ. އެގޮތުން ބޮލީވުޑްގެ ނަންހިނގާ އެތަށް ތަރިންނެއްގެ ފީ ވަނީ ކުޑަކޮށްފައެވެ. ފިލްމު ތަކުން އާމްދަނީ ނުލިބުމުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޕްރޮޑިއުސަރުންނަށެވެ.

 

View this post on Instagram

 

A post shared by Ayushmann Khurrana (@ayushmannk)

ޖެހިޖެހިގެން ދެ ފިލްމަށް ލިބުނު ތަރުހީބު ދަށްވެ މާކެޓުގައި އަޔުޝްމާންގެ އަގު 15 ކްރޯޑް ރުޕީސްއަށް ދަށްވިއިރު އޭނާ އަންނަނީ އިތުރު ފިލްމު ތަކެއްގައި ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދެން އެންމެ އަވަހަށް އަޔުޝްމާންގެ ފިލްމްއަކަށް ފެނިގެންދާނީ "ޑޮކްތަރު ޖީ" އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *