އާމްދަނީ އިތުރުކޮށް، ދަރަނި މެނޭޖުކުރަން ރާއްޖެއިން ގިނަ ކަންތައްތަކެއް ކުރަން ޖެހޭ: ވޯލްޑް ބޭންކް

އާމްދަނީ އިތުރުކޮށް، ދަރަނި މެނޭޖުކުރަން ރާއްޖެއިން ގިނަ ކަންތައްތަކެއް ކުރަން ޖެހޭ: ވޯލްޑް ބޭންކް

އިގްތިސާދީ ކާރީސާއަކާ މިވަގުތު ކުރިމަތިލާން ޖެހުމުގެ ރިސްކެއް ރާއްޖެއަށް ނެތް ކަމަށާއި ނަމަވެސް ކުރިއަށްއޮތް ތަނުގައި އެފަދަ ކާރިސާއަކުން ސަލާމަތްވުމަށް އާމްދަނީ އިތުރުކޮށް، ދަރަނި މެނޭޖުކުރަން ގިނަ ކަންކަން ކުރަން ޖެހޭ ކަމުގައި ވޯލްޑް ބޭންކުން ލަފާ ދީފިއެވެ.

ވޯލްޑް ބޭންކުން އެހެން ބުނެފައި ވަނީ އެ ބޭންކުން ނެރެފައިވާ ރާއްޖޭގެ ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު ރިޕޯޓުގައެވެ. އެ ރިޕޯޓްގައި ވޯލްޑް ބޭންކުން ބުނެފައި ވަނީ ރާއްޖެއަށް އިގްތިސޯދީ ކާރިސާއެއް އަތުވެދާނެ ކަމުގެ ބިރު މި ވަގުތު ނެތް ކަމަށެވެ. ނަމަވެސް އިގްތިސޯދީ ކާރިސާއެއް އަތުވެދާނެ ކަމަށް ދުރާލާ ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި އެގޮތުން ރާއްޖޭގެ އާމްދަނީ އިތުރުކޮށް ދަރަނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފައެވެ.

ކޯވިޑަށްފަހު މިހާރު ރާއްޖޭގެ އިގްތިސާދީ ހާލަތު ވަނީ ރަނގަޅުވާން ފަށާފައި. ރަޝިޔާ، ޔޫކްރޭން ހަނގުރާމަ އާއި ގުޅިގެން އެ ސަރަހައްދުން ފަތުރުވެރިން ރާއްޖެއައުން މަދުވި ނަމަވެސް އިގްތިސޯދު ދަނީ ރަނގަޅުވަމުން.

– ވޯލްޑް ބޭންކުގެ ރިޕޯޓްގައި ވެއެވެ.

ބޯހިޔާވަހިކަމާއި، ޕެންޝަނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ސަރުކާރުން އަމަލުކުރަމުންދާ ގޮތް މި ރިޕޯޓުގައި ވަނީ އެސެސްކޮށްފައެވެ. ރިޕޯޓްގައި ވޯލްޑް ބޭންކުން ބުނެފައި ވަނީ ރާއްޖޭގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މި ވަގުތު ނިންމާފައިވަނީ ރަނގަޅު ނިންމުންތަކެއް ކަމަށެވެ. ބޭންކުން ވަނީ ސަރުކާރުން އެކި ވަސީލަތްތައް ހޯދާ ސަބަބާއި އެ ވަސީލަތްތައް ބޭނުންކުރާ ގޮތްތަކާއި މެދު ޖަވާބުދާރީވުމަށް ވެސް ލަފާދީފައެވެ.

ސަރުކާރުން ކުރާ ޚަރަދުތަކާއިއެކު އާމްދަނީ ލިބޭނެ މަގުތައް އިތުރު ކުރުމަށް މި ރިޕޯޓުގައި ވަނީ ލަފާދީފައެވެ. އަދި މިހާރު ހުރި ދަރަނިތައް މެނޭޖް ކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅު ތަކެއް އަޅައި ދަރނި ދެއްކޭނެ ރަނގަޅު އުސޫލުތަކެއް ގާއިމް ކުރަންޖެހޭކަމަށްވެސް ރިޕޯޓުގައި ވެއެވެ. އަދި ދަރަނި މެނޭޖް ކުރުމުގައި ގިނަ ކަންތައްތަކެއް އަދިވެސް ކުރަން ހުރިކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެ.

އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށްގެންދާނެކަން ސަރުކާރުން ހާމަކޮށްފައިވާއިރު ވޯލްޑް ބޭންކުން ވަނީ އާމްދަނީ އިތުރުކުރުމަށް ލޯނު ނެގުމުގެ ބަދަލުގައި ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ރޭޓު ބޮޑުކުރުމަށް އިރުޝާދު ދީފައެވެ. ޕަބްލިކް އެކްސްޕެންޑިޗާ ރިވިއުގައި ވަނީ ހަރަދުތައް ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ހުށަހަޅާފައެވެ. އަދި، ހަރަދު ކުރާއިރު އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ލިބޭނެ ގޮތަށް ކަންކަން ރޭވުމަށް ވޯލްޑް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *