ރިޟްވާންގެ ބައްޕަގެ ވާހަކަތަކުން އެމްޑީޕީން ހަދާ ދޮގު ބޭޒާރުވެއްޖެ: ޢުމަރު

ރިޟްވާންގެ ބައްޕަގެ ވާހަކަތަކުން އެމްޑީޕީން ހަދާ ދޮގު ބޭޒާރުވެއްޖެ: ޢުމަރު

ވަގަށްނަގައި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާނުގެ މައްސަލާގައި އެމްޑީޕީ ބޭޒާރުވެފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އުމަރު މިހެން ވިދާޅުވީ ރިޞްވާން ގެއްލުނު މައްސަލާގައި މިސަރުކާރުން ދެއްކި އެވެސް ވާހަކައެއް ހަގީގަތަކަށް ނުވިކަމަށާއި، އާއިލާއަށް އިންސާފު ހޯދައިދެވޭނީ ކުރީގެ ރައީސް ޔާމީނަށް ކަމުގައި ރިޟުވާންގެ ބައްޕަ ބުނުމާއި ގުޅިގެންނެވެ.

ޢުމަރު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެއީ އެމް،ޑީ،ޕީ އިން ކުރި ވަރަށް ދަށުދަރަޖައިގެ ކެމްޕޭނެއްކަމަށެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް މީހުން މަރުވޭ އަދި މީހުން ގެއްލޭކަމަށާއި، އެކަން ވެރިމީހާގެ ބޮލުގައި އަޅުވައިގެން ދޮގު ފެތުރީމާ ކޮންމެވެސް ދުވަހަކުން އެކަން އަބުރާ ގައިގަ ޖެހޭކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މިއަދު މިވަނީ އެމް،ޑީ،ޕީ ބޭޒާރު ވެފަ. ދޮގު ބޭޒާރުވެފަ. ދޮގު ބައެއްފަހަރު ވަގުތީ އުފަލެއް ގެނެސްދިނަސް، ދާއިމީ އުފާ ގެނެސްދެނީ ތެދުން. ޔާމީން ގެ ސަރުކާރުން އެއިރު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވި.

– އުމަރު ނަސީރު ވިދާޅުވިއެވެ.

ޗެނަލް 13 އަށް ދިން އިންޓަވިއުއެއްގައި ރިޟްވާންގެ ބައްޕަ ބުނީ ގެއްލުވާލުމުގައި ރައީސް ޔާމީންގެ “އަތެއް” ނުވާކަމަށް މަރު ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވި ދުވަހުން ފެށިގެން އެކަން ގަބޫލު ކުރި ކަމުގައެވެ. އަދި ރައީސް ޔާމީނަށް އަމާޒުކޮށް އެއްޗެހި ކިޔުނީ ރިޟްވާނަކީ އޭނާގެ އުފަން ދަރިފުޅަށް ވެފައި ކުރި އަސަރެއްގެ ބޮޑުކަމުން ކަމުގައި އޭނާ ބުނެފައިވެއެވެ.

އަޅުގަނޑު ގަބޫލު ކުރަނީ ރައީސް ސޯލިހު ވެރިކަމަށް އަންނަން ދެއްކި ވާހަކައެކޭ އެއީ އަޅުގަނޑުމެން ލައްވައި ފޮތޮގަނޑު ދަމައިގެން. އެހެންވީމަ މި ސަރުކާރަކީ އަޅުގަނޑު އިތުބާރު ކުރާ ސަރުކާރެއް ނޫން.

– ރިޟުވާންގެ ބައްޕަ ބުނެފައިވެއެވެ.

ރިލްވާންގެ ބައްޕަ ބުނީ ދަރިފުޅު ގެއްލުވާލީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި އިރު ކަމަށް ވާތީ، އޭރު ރައީސް ޔާމީނަށްވެސް އެއްޗިހި ކިޔާފައިވާނެކަމަށެވެ. ނަމަވެސް އެކަމުގައި އެމަނިކުފާނު އަތެއް ނުވާކަން މިހާރު ގަބޫލުކުރައްވާ ކަމަށެވެ.

އަޅުގަނޑު ރައީސް ޔާމީނަށްވެސް އެއްޗިހި ކީން އޭރު. ކަމެއްގެ ހަގީގަތް ނޭނގެންޏާ ދެން ކިޔޭނެތާ. ހުސްނުއްސުއޫދު ބުނިފަހުން އަޅުގަނޑު ގަބޫލުކޮށްފިން ޔާމީނުގެ އަތެއް ނުވާ ކަމަށް. އޭރު ނުބުނާހާ ހިނދެއްގައި ބަރު ހިތެއް އޮތް.

– ރިޟުވާން ބައްޕަ ބުނެފައިވެއެވެ.

އޭނާ ބުނިގޮތުގައި އޭނާ ދެން އެންމެ ބޮޑަށް އެދޭ ކަމަކީ ރައީސް ޔާމިން އާއި ބައްދަލު ކުރުމެވެ. އަދި ބައްދަލު ކޮށްފައި ދަރިފުޅު ރިޟްވާނަށް ކޮށްދެވޭ ނީ ކޮންކަމެއް ތޯ އެދެން ބޭނުން ކަމުގައި ބުންޏެވެ. ގިސްލަމުން ރިޟުވާންގެ ބައްޕަ ބުނީ އެހީވާނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ޔާމިނާ ބައްދަލު ކުރަން ބޭނުން ކަމުގައެވެ.

އެ ކުއްޖާ ހޯދުމުގަ. އެކަން ބަލަން. މިހާރު އަހަންނަށް އެނގިއްޖެ (މިސަރުކާރުގަ) އެކަން ނުވާނެ ކަން. އަޅުގަނޑު ބޭނުން އޭނާ (ރައީސް ޔާމީން) އަށް ވެރިކަން ލިބޭތޯ މަސައްކަތް ކުރުންވެސް އަޅުގަނޑު. ވަރަށް ބޮޑަށް އެދޭކަމެއް އެއީ. ކަމެއް ކުރެވޭނީވެސް ބާރެއް ލިބިގެން ދޯ.

– ރިޟުވާންގެ ބައްޕަ ބުނެފައިވެއެވެ.

ރިޟުވާން ގެއްލިފައިވަނީ 2014ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. ހުޅުމާލޭގައި ދިރިއުޅޭ ރިލްވާން، 2014ވަނަ އަހަރުގެ އޮގަސްޓު މަހުގެ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހާއިރު، ހުޅުމާލޭ ފެރީ ޓާމިނަލުން ޓިކެޓު ގަނެގެން ފެރީއަށް އެރުމަށް ދާ މަންޒަރު މާލޭގައި ހަދާފައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލްގެ ސީސީޓީވީ މަންޒަރުތަކުން ވަނީ ފެނިފައެވެ.

ރިޟްވާންގެ ބައްޕަ ދިން އިންޓަރވިއުއާއި ގުޅިގެން ރިޟްވާންގެ ދައްތަ ޝެހެނާޒް ވަނީ ބައްޕަގެ ބަލިހާތުގެ ފައިދާ އެ ޗެނަލްއިން ނަގާފައިވާކަމަށް ބުނެފައެވެ. ނަމަވެސް ގިނަބަޔަކު އަންނަނީ ޝެހެނާޒްގެ އެ ވާހަކަތަކަށް ރައްދު ދީ ފާޑުކިޔަމުންނެވެ. އެގޮތުން ރިޟްވާންގެ މައިންބަފައިން ބޭނުންކޮށްގެން ސިޔާސީ ހަތިޔާރަކަށް ހަދައި އެހެން ޗެއނަލްތަކަށް އިންޓަރވިއުދީ އުޅުނުކަން ފާހަގަކޮށްފައިވެއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *