ރިޔާސީ ބަޔާނަށްފަހު ދެ ރައީސުން މާދަމާ ކޮމަންޑޫ ދާއިރާއަށް

ރިޔާސީ ބަޔާނަށްފަހު ދެ ރައީސުން މާދަމާ ކޮމަންޑޫ ދާއިރާއަށް

މާދަމާ ހެދުނު 9:00 ގައި ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވެވުމަށްފަހު، ބައި އިލެކްޝަން ކެމްޕޭނުގައި ބައިވެރިވެ ވަޑައިގަތުމަށް ދެ ރައީސުން ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ހަމަ ޖެހިއްޖެއެވެ.

ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމަންޑޫ ދާއިރާއަށް ވަޑައިގަތުމަށް ރައީސް ސާލިހު އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 12:30 ގައެވެ. މި ދަތުރު ފުޅުގައި ދެ ރައީސުން ދާއިރާގެ 3 ރަށް ކަމުގައިވާ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮއްޓަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ރާޝިދުގެ ކެމްޕޭންގައި ބައިވެރިވެ ވަޑައިގަތުމަށް ދެ ރައީސުން ކޮމަންޑޫ ދާއިރާއަށް މި ވަޑައިގަންނަވަނީ ފާއިތުވެދިޔަ މަހުގެ ފަހުކޮޅު ދެރައީސުން އެކީގައި ކުރައްވަން އޮތް ދަތުރުފުޅުގައި، ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރައީސް ސާލިހަށް ބައިވެރި ވަޑައި ނުގެންނެވިފައި ވަނިކޮށެވެ.

އެހެންނަމަވެސް އެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުވަނީ ދާއިރާއަށް ވަޑައިގެން، އެމްޑީޕީގެ ކެނޑިޑޭޓަށް ކެމްޕޭން ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން އަދާ ކުރައްވަމުން ގެންދެވި، އަދި އެދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، މެމްބަރު ހުސެއިން ވަހީދު ފާއިތުވި ޑިސެމްބަރ މަހުގެ 14ވަނަ ދުވަހު އަވަހާރަ ވުމާއި ގުޅިގެން، އެދާއިރާގެ ގޮޑިއަށް މެމްބަރަކު އިންތިޚާބު ކުރުމަށްޓާކާ ބޭއްވުމަށް ހަމަ ޖެހިފައިވާ ބައި އިލެކްޝަން މި ފެބްރުއަރީ މަހުގެ 5 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝްންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި ބައި އިލެކްޝަންގައި ވާދަކުރަނީ، އެމްޑީޕީ އަދި އިދިކޮޅު ޕީޕީއެމްގެ އިތުރުން، ދާދިފަހުން އުފެއްދި އެމްއެންޕީއިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *