މަޤުބޫލު އުޒުރަކާއިނުލައި، ހުކުރަށް ނުދިއުމަކީ، ހިތުގައި ސިއްކަޖެހި ބަންދުވެދާނެ ކަމެއް: ޚުތުބާ

މަޤުބޫލު އުޒުރަކާއިނުލައި، ހުކުރަށް ނުދިއުމަކީ، ހިތުގައި ސިއްކަޖެހި ބަންދުވެދާނެ ކަމެއް: ޚުތުބާ

ހުކުރު ދުވަހަކީ، އެދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތެއްވާ ދުވަހެއް ކަމަށާއި، ހުކުރު ދުވަހުގެ ހެޔޮ ނަސީބި ލިބި ގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތް ތެރިވެއްޖެއެވެ.

މިއަދުގެ ޚުތުބާ ޚާއްސަ ކޮށްފައިވަނީ ހުކުރު ދުވަހުގެ މާތްކަމުގެ މައްޗަށެވެ. ޚުތުބާގައި ބުނެފައިވަނީ ހުކުރު ދުވަހު ދުޢާ އިޖާބަ ކުރައްވާނެ ވަގުތަީ ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު އިރު އޮއްސުމާ ދެމެދުގައިވާ ވަގުތު ކޮޅެއް ކަމުގައި އައިސްފައިވާކަމަށެވެ. ނުވަތަ އެއީ އިމާމާ މިންބަރުގައި އިށީނީއް ސުރެ، ހުކުރު ނަމާދުކޮށް އަވަދިވެއްޖައުމަށް ދާންދެން އެވާ ވަގުތު ކަމުގައި ވެސް ރިވާވެގެން އަދި އެވަގުތަކީ ހުކުރު ދުވަހުގެ އެންމެ ފަހުވަގުތު ކަމުގައި ވެސް އައިސްފައި
ވާކަމަށެވެ.

އެހެންކަމުން، ހުކުރު ދުވަހު، މާތް ﷲ މިންވަރު ކުރައްވާފައިވާ، މި މަތިވެރި ވަގުތުތަކުގައި، އެކި އެކި ބޭނުންތައް ޖެހިފައިވާ ފަރާތްތަކުން، މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދުޢާކުރުން އިތުރު ކުރުމަށް ހުތުބާގައިވަނީ ނަސޭޙަތްތެރިވެފައެވެ.

ކީރިތި ރަސޫލާ ފަސް ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "މީސްތަކުން ހުތުރުނަމާދު އަޅައިފުމުން ރައްކައުތެރިވާ ހުށިކަމެވެ. ނޫންނަމަ، ﷲ ތަޢާލާ އެއުރެންގެ ހިތްތަކުގައި ސިއްކަޖައްސަވައިފާހުއްޓެވެ. ދެން، ހަމަކަށަވަރުން، އެއުރެންނީ ޣާފިލުންގެ ތެރެއިންވާ ބަޔަކު ކަމުގައި ވެދާހުއްޓެވެ."

މާތް ﷲ އިންސާނުންނަށް މިފަދަ މަތިވެރިވެގެންވާ ހެޔޮކަމުގެ މޫސުންތައް ކެނޑި ނޭޅި ތަކުރާރުކޮށް ދެއްވަވަނީ، ފުރުޞަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައެވެ. އެކަމުގެ ސަބަބުން ފާފަތައް ފުހެވި، ތިމާގެ ހެޔޮ ޢަމަލުތަކުގެ ފަތް ބުރަވެ، ދެދުނިޔޭގެ ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށްޓަކައެވެ. އެހެނީ، އިންސާނާއަކީ އަބަދާއި އަބަދު، ފާފައަށް ހުށަހެޅިފައިވާ މީހަކަށް ވީހިނދު، އެބައިމީހުންގެ ވެރި ރަސްކަލާނގެ ހަޟުރަތުން މިފަދަ ދީލަތި ފުރުޞަތު ތަކެއް ނުލިބޭ
އިންސާނާ ވާނީ ބޮޑުވެގެންވާ ހަލާކެއްގެ ތެރޭގައެވެ.

ޚުތުބާގައިވަނީ ހުކުރު ދަމާދަށް ޚާއްސަ ސަމާލުކަން ދިނުމަށާއި، ހުކުރު ދުވަހުގެ ޚުތުބާއާއު ނަމާދަށް ފަރުވާތެރިވުމަށް ނަސޭހަތް ތެރިވެފައެވެ. ހުކުރު ވަގުތުގައި މަސައްކަތުގައި މަޝްޢޫލުވެ ނޫޅުމަށާއި، ދުނިޔެވީ ކަންކަން ހާސިލް ކުރުމުން ދުރުވެ ހުކުރު ނަމާދު އިސްކުރުމަށް ހުތުބާގައިވަނީ ނަސޭހަތް ތެރިވެފައެވެ.

ހަމަ އެހެންމެ އިމާމާ ޚުޠުބާ ކިޔަމުން ދާއިރު ޖަމާޢަތަށް ޙާޟިރުވެ ތިބި މީހުން، އެ ޚުޠުބާ އަޑުއެހުމަށް ސަމާލުކަން ދޭންޖެހޭ މިންވަރާއި، އެކަމަކީ އޭނާގެ ހުކުރު ނަމާދު ފުރިހަމަވުމަށް ލާޒިމު ކުރާ ކަމެއް ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުޠުބާ އަޑުއަހާ ފަރާތްތަކުގެ ވިސްނުމުގައި ހުންނަންޖެހޭ ކަމަކީ، އެ ޚުޠުބާއިން ޤަޞްދު ކުރެވޭ ފަރާތަކީ ތިމާ ނުވަތަ ތިމާމެން ކަމަށް ބަލައި، ޚުޠުބާގައި ދެވޭ އިރުޝާދުތައް ލިބިގަތުމެވެ.

ކަންމިހެން ހުރިއިރު ހިތާމަކުރަން ޖެހޭ ކަމަކީ، މިއަދު މި ދިވެހި މުޖުތަމަޢުގައި، ދިރިއުޅޭ ބައެއް ފަރުދުން މިފަދަ ކަންކަމާ އެއްވެސް ސަމާލުކަމެއް ނުބަހައްޓާކަމެވެ. ޝަރުޢީ އެއްވެސް ޢުޛުރަކާ ނުލައި، ހުކުރު ނަމާދަށް އައުމުގައި ފަރުވާކުޑަ ކުރުމާއި، ހުކުރު އަޅާފައި ދަތުރު ދިޔުމާއި، މިނޫން ވެސް ތަފާތު ކަންކަމުގައި މަޝްޣޫލުވެ ތިބޭ ކަމެވެ. މަޤުބޫލު ޢުޛުރަކާ ނުލައި، ހުކުރަށް ނައިސް ތިބުމީ އެބައިމީހުންގެ ހިތުގައި ސިއްކަޖެހި ބަންދުވެދާނެ ކަމެކަމަށްސް ޚުތުބާގައި ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *