މާލީ ހާލަތު މެނޭޖް ކުރުމުގައި ސަރުކާރަށް، ގޮތް ހުއްވެއްޖެ: ސައީދު

މާލީ ހާލަތު މެނޭޖް ކުރުމުގައި ސަރުކާރަށް، ގޮތް ހުއްވެއްޖެ: ސައީދު

ސަރުކާރުގެ މާލީ ހާލަތު މެނޭޖް ކުރުމުގައި ގޮތް ހުއްވެއްޖެ ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ދައުލަތުގެ ބައެއް ބިންތައް ރަހުނުކޮށްގެން ދަރަންޏަށް ފައިސާ ހޯދަން އުޅޭކަމުގެ މައުލޫމާތުތަކެއް އާންމުވުމާއި ގުޅިގެންނެވެ. ސައީދު ވިދާޅުވީ ދައުލަތުގެ މާލިއްޔާ ހުސްވެ ރައްޔިތުންގެ ބިންތައް ރަހުނުކޮށް، ރައްޔިތުން ދަރަނީގެ ދަންތުރަތަކުގައި ޖައްސައި ހުސްކޮށްފައިވާކަމަށެވެ. މިއީ މާލީ ގޮތުން ބަލާނަމަ ޤައުމަށާއި، ދިވެހި ރައްޔިތުންނަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ސައީދު ވިދާޅުވިއެވެ.

ސަރުކާރުގެ މާލީ ހާލަތު މެނޭޖް ކުރުމުގައި ގޮތް ހުއްވެއްޖެ. ރައްޔިތުންގެ އިމާރާތްތައް ރަހުންކޮށް ދަރަނީގެ ދަންތުރަގައި ޖައްސާ ހުސްކޮށްފި. މިއީ ނުރައްކަލެއް. އެތައް ބިލިއަނެއް މިގޮތަށް ނަގާފަ ކުރަނީ ކޮންކަމެއްތޯ؟

– ސައީދު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ލޯނެއް ނެގުމަށްޓަކައި ރަހުނު ކުރާ މުދަލެއްގެ ގޮތުގައި އޮލިމްޕަހާއި ވެލާނާގެ ހަމަޖައްސަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ފިނޭންސް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ. ދިވެހި ސަރުކާރުން ނަގަން އުޅޭ ލޯނަކަށް އޮލިމްޕަހާއި ވެލާނާގެ ރަހުނުކުރާ ވާހަކަ ދޮގުކުރި އިރު މީގެކުރިން ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ލޯން ނެގި ކަމަށް ބުނާ ވާހަކަތައް ވެސް ފިނޭންސުން ދޮގުކޮށްފައިވެއެވެ.

އެކަމަކު ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެން ވިއްކި ސުކޫކުން 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ ދިވެހި ސަރުކާރުން ހޯދާފައިވެއެވެ. މިސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ދިމާވި ކޯވިޑުގެ ދަތިތަކާ އެކު އިގްތިސޯދު ހަމައަކަށް އެޅުވުމަށްޓަކައި ގިނަ އަދަދެއް ލޯން ނަގާފައިވެއެވެ. އަދި އިގްތިސޯދީ ދަތިތަކާ ގުޅިގެން ބައެއް ލޯންތައް ދައްކަން ޖެހޭ މުއްދަތު ވެސް މިހާރު ވަނީ ފަސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *