2023ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ މައުސޫމުކަން ސާބިތު ވެގެން: ޣައްސާން

2023ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ މައުސޫމުކަން ސާބިތު ވެގެން: ޣައްސާން

2023 ވަނަ އަހަރު ރައީސް ޔާީިން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމުކަން ސާބިތުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވެފައި މިވަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް، ކުރީގެ ރައީސް އަދި އެއްބަފާ ކޮއްކޯފުޅު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އިންތިޚާބުގައި ވާދަކުރެވިގެން ނުވާނެކަމަށް ކުރީގެ ރައީސް އަދި ޢައްސާންގެ ބައްޕާފުޅު މައުމޫން އަބްދުލްޤައްޔޫމް މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

ޣައްސާން ވިދާޅުވީ ރައީސް ޔާމީން 2023 ވަނަ އަހަރު އަލުން ވެރިކަމާއި ހަވާލުވާނީ ޕީޕީއެމްގެ ވަރުގަދަ މަސައްކަތާއި ރައްޔިތުންގެ ލޮތްބާއި އެކު ކަމަށެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޮންމެ މީހަކުވެސް ކުށެއް ކޮށްފިނަމަ އެމީހަކަށް ދޭންޖެހޭ އަދަބު ދިނުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. އެގޮތުން ޔާމީން އަކީވެސް ކުށެއް ކުރުމަށްފަހު އޭގެ އަދަބު ލިބި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަމަށާއި، ރައީސް ޔާމީނަށް އެއްވެސް އިންތިޚާބެއްގައި ޖަލު ހުކުމެއްގައި ހުރެ ވާދަކުރުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށެވެ. އަދި ފުރުސަތުވެސް ދެވިގެން ނުވާނެކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، ޝަރީއަތް ނިމި، މިނިވަންވެވަޑައިގަތުމުން އެ މަސައްކަތް ކުރެއްވުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ބައްޕާފުޅާއި އާއިލާގެ އެހެން މެމްބަރުން، ބޮޑުބޭބޭފުޅު، ރައީސް ޔާމީނާއި ޚިޔާލުތަފާތުވެ ދުރަށް ޖެހިވަޑައިގެން ދެކޮޅަށް މަސައްކަތްކުރައްވަމުން ގެންދަވާއިރުވެސް ޢައްސާން އަބަދުވެސް ގެންދަވަނީ ރައީސް ޔާމިންގެ ދިފާއުގައި ވާހަކަފުޅު ދައްކަަވަމުންކަން ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *